twitterviber whatsapp telegramfacebookyoutube instagram
19th June 2026

މުއްދަތު ހަމަވެފައިވާ އައިޑީކާޑު އަންނަމަހުގެ ނިޔަލަށް ބޭނުންކުރެވޭނެ

ނަބީލާ އިސްމާޢީލް
Jul 22, 2020

މުއްދަތު ހަމަވެފައިވާ އައިޑީކާޑު އަންނަމަހުގެ ނިޔަލަށް ބޭނުންކުރެވޭނެ ގޮތް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ހަދައިފި އެވެ.

އެ ޑިޕާޓުމަންޓުން ބުނީ މުއްދަތު ހަމަވާ އައިޑީ ކާޑު އަންނަމަހުގެ ނިޔަލަށް ބޭނުން ކުރެވޭނެކަމަށެވެ. މިގޮތަށް މުއްދަތު އިތުރު ކުރިނަމަވެސް އޮންލައިންކޮށް ކާޑު ހެއްދުމަށް އެދި ހުށައެޅޭނެ ކަމަށް އެ ޑިޕާޓްމަންޓުން ވިދާޅުވެއެވެ.

މުއްދަތު ހަމަވެފައިވާ އައިޑީ ކާޑް ބޭނުންކުރުމުގެ ހުއްދަ ފުރަތަމަ ދީފައިވަނީ މިމަހުގެ ނިޔަލަށެވެ. އެ ޑިޕާޓްމަންޓުން މުއްދަތު އިތުކޮށްދީފައިވަނީ ކޮވިޑް-19 އާ ގުޅިގެން އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ ހިދުމަތްތައް ނުލިބުމުގެ ޝަކުވާ ލިބެމުންދާތީ ވީހާވެސް ބޮޑަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ.

ޑީއެންއާރު އިން ބުނީ އާއި.ޑީ ކާޑު ހެދުމަށް އެދޭ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި އައިޑީ ކާޑު ހެއްދުމަށް އެދި އެ އިދާރާގެ ވެބްސައިޓު (www.dnr.gov.mv) އިން އޮންލައިންކޮށް ހުށަހެޅޭނެ ކަމަށެވެ. އަދި އައިޑީ ކާޑު ހެއްދުމަށް އެދޭ ފަރާތްތަކަށް ކާޑު ބަލާ އައުމަށް އެޕޮއިންޓުމަންޓެއް ހަމަޖައްސައި އެކަމާ ގުޅޭ މައުލޫމާތު ހިދުމަތަށް އެދޭ އިރު ހުށަހަޅާފައިވާ ފޯނު ނަންބަރަށް ފޮނުވޭނެކަމަށެވެ.

އަތޮޅުތަކުގެ ރަށްރަށުގައި ޤާއިމު ކޮށްފައިވާ ކަލެކްޓިންގ ސެންޓަރުތަކަށް ހުށަހަޅާ ކާޑުތައް ލިބޭނީ އެ ސެންޓަރުތަކުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355