twitterviber whatsapp telegramfacebookyoutube instagram
20th April 2024

ސަފީރުކަމަށް އައްޔަން ކުރުމަށް 5 ފަރާތަކަށް ރުހުން ދީފި

ޚަދީޖާ އާދަމް
Jul 22, 2020

ބޭރުގެ ފަސް ގައުމަކަށް ކަނޑައަޅާ މަޖިލީހަށް ފޮނުއްވި 5 ބޭފުޅުން ސަފީރު ކަމަށް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީން މިފަސް ސަފީރުންނަށް ރުހުން ދެއްވާފައިވަނީ ކޮމިޓީން ގެނައި ބަދަލާއިއެކު ސަފީރުންނަށް ކަނޑައަޅާ ބޭފުޅުންނާއި އިންޓަރވިއުކުރުމަށް ފަހުގައެވެ.

އެގޮތުން ރާއްޖެއިން ސަފީރުން ކަނޑައެޅުމަށް ފޮނުވާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް، ޕާކިސްތާން، އެކުވެރި އަރަބި އިމާރާތް، އަދި އިންޑިއާގެ އިތުރުން ރާއްޖެއިން އ.ދ. އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ޕާރމަނަންޓް ރެޕްރެޒެންޓެޓިވް އަދި ސްވިސް ކޮންފެޑެރޭޝަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރު ކަމަށް ވަނީ ނަން ފޮނުވާފަ އެވެ.

ސަފީރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް ފޮނުވާފައިވާ ބޭފުޅުންނަށް މަޖިލީހުން ވޯޓް ލިބިފައިވާގޮތް:

- ޝިރުޒިމަތު ސަމީރު / ބަންގްލަދޭޝް ސަފީރު ކަމަށް 68 މެމްބަރުންގެ ވޯޓް
- ފަރުޒާނާ ޒާހިރު / ޕާކިސްތާނު ސަފީރު ކަމަށް 70 މެމްބަރުންގެ ވޯޓް
- އާމިނަތު ޝަބީނާ / އެކުވެރި އަރަބި އިމާރާތު ސަފީރު ކަމަށް 70 މެމްބަރުންގެ ވޯޓް
- ޑޮކްޓަރ ހުސައިން ނިޔާޒު / އިންޑިއާ ސަފީރު ކަމަށް، އަދި ނޭޕާލް، ބޫޓާން، އަފްޣާނިސްތާނަށް ކަނޑައަޅާ ނޮން- ރެޒިޑެންޓް ސަފީރު ކަމަށް، 70 މެމްބަރުންގެ ވޯޓް
- އެމްބެސެޑަރ އެޓް ލާޖް، ޑރ. އާސިމް އަހްމަދު / ޖެނީވާ އޮފީހުގެ ޕާރމަނަންޓް ރެޕްރެޒެންޓެޓިވް އަދި ސްވިސް
ކޮންފެޑެރޭޝަނަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރު ކަމަށް 69 މެމްބަރުންގެ ވޯޓް

ސަފީރުންގެ ގޮތުގައި ބައެއް ބޭފުޅުން އައްޔަން ކުރަނީ، ފޮރިން ސަރވިސްގެ ތެރެއިންނެވެ. ދެން ތިބި ބޭފުޅުން މަގާމަށް ހަމަޖައްސަނީ ސިޔާސީގޮތުންނެވެ.

ސަފީރުންނާއި ހެޑް އޮފް މިޝަންގެ ގޮތުގައި ޖުމްލަ 18 ބޭފުޅުން ތިއްބަވާއިރު އަލަށް އައްޔަންކުރާ ބޭފުޅުންނާއެކު ޖުމްލަ އަދަދު ނުވައަކަށް އަރާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355