twitterviber whatsapp telegramfacebookyoutube instagram
3rd December 2025

އަޕަރ ނޯތު ޕޮލިސް ކޮމާންޑަރަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ހަމަޖައްސައިފި

އަބްދުލް ވާހިދު ޙަސަން
Jul 24, 2020
2

އަތޮޅުތެރޭގެ އެންމެ އާބާދީ ބޮޑު ހއ ހދ އަދި ށ ޑިވިޝަންގެ، ޕޮލިސް ކޮމާންޑަރަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ހަމަޖައްސައިފި އެވެ. މި މަގާމަށް ހަމަޖެއްސީ ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް ފާތިމަތު ނަޝްވާ އެވެ.

ނަޝްވާ ކުރިން ހުންނެވީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބުލިކް އެފެއާޒްގެ ހެޑަކަށެވެ. މިއީ މިހާތަނަށް އަތޮޅުތެރޭގެ ޑިވިޝަނަލް ކޮމާންޑަރަކަށް އަންހެން ބޭފުޅަކު ހަމަޖެއްސި ދެ ވަނަ ފަހަރެވެ.

އަޕަރ ނޯތް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރަކަށް އަންހެން ބޭފުޅަކު ހަމަޖެއްސެވިއިރު ހދ އަތޮޅު ކޮމާންޑަރުގެ މަގާމުގައިވެސް މިވަގުތު ހުންނެވީ އަންހެން ބޭފުޅެކެވެ.

ނަޝްވާއާ މަގާމު ހަވާލުކުރައްވާފައިވާއިރު އެ ބޭފުޅާ އިއްޔެ ވަނީ އަޕަރ ނޯތް ޑިވިޝަން މައި ރަށް ކުޅުދުއްފުއްޓަށް ވަޑައިގަންނަވާފައި އެވެ.

އަޕަރ ނޯތް ޕޮލިސް ޑިވިޝަނަލް ކޮމާންޑަރުގެ މަގާމުގައި މީގެ ކުރިން ހުންނެވީ އަލީ ފާއިޒެވެ. އެ ބޭފުޅާގެ އެއްއަހަރުގެ ޓާމް ނިންމަވާލެއްވުމަށްފަހު މިމަހު ފަހުކޮޅު މާލެ ފުރާވަޑައިގަންނަވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355