twitterviber whatsapp telegramfacebookyoutube instagram
20th February 2026

ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަ ބަލާ ކޮމިޝަނުގެ ރިޕޯޓް ލިބިއްޖެ: ރައީސް

ޚަދީޖާ އާދަމް
Jul 23, 2020

ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަ ބަލުމަށް ގާއިމުކުރި ރިޔާސޯ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް ލިބިފައިވާ ކަމަށާއި، ރިޕޯޓާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު ޓްވީޓް ކުރައްވައި މިއަދު ވިދާޅުވީ އެ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް ލިބިފައިވާ ކަމަށައި ރިޕޯޓާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރަން ފަށާފައިވާ ކަމަށެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަނީ 2012 އިގެ ޖެނުއަރީ ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ނިމެންދެން ހިނގާފައިވާ ހިޔާނާތުގެ މައްސަލަތަކެވެ.

އެ ކޮމިޝަނުން ހިންގާ އެންމެ ބޮޑު ތަހުގީގަކީ، މިފަހުން ރާއްޖޭގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355