twitterviber whatsapp telegramfacebookyoutube instagram
27th April 2024

އުތެމައަށް ފިޔަވަޅު އަޅަން ގޮވާލާ 30 ޖަމިއްޔާއަކުން ބަޔާން ނެރެފި

ޚަދީޖާ އާދަމް
Jul 23, 2020
1

މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން "ޕްރެލިމިޓަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓަށް ރާއްޖޭގައި ހިންގާ މަދަނީ ޖަމިއްޔާއެއް ކަމަށްވާ އުތެމަ ޖަމިއްޔާއިން ތާއީދުކޮށް އިތުރު ރިޕޯޓެއް ތައްޔާރުކޮށްފައިވާތީ އެ ޖަމިއްޔާއާ އެ މަސައްކަތުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާ 30 ޖަމިއްޔާއަކުން ބަޔާން ނެރެފި އެވެ.

ރާއްޖޭގައި ރަޖިސްޓްރީވެފައިވާ 30 ޖަމިއްޔާއަކުން މިއަދު ނެރެނު ބަޔާނުގައި ބުނެފައިވަނީ "އުތެމަ" އިން ޖެނީވާގައި އޮންނަ ސީޑޯ ކޮމިޓީގެ 76 ވަނަ ބައްދަލުވުމަށް ހުށަހަޅާ ރިޕޯޓުގައި "އެމްޑީއެން"ގެ ރިޕޯޓު ބަލައިގަނެ އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ދީނާ ހިލާފު ކަންތައްތައް ބަލައިގަތުމަށް ގޮވާލާފައިވުމީ މާ ބިރުވެރި ނުރައްކާތެރި ކަމެއް ކަމަށެވެ.

މިއަހަރުގެ ނޮވެމްބަރު މަހު އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ އިދާރާއިން ބާއްވާ ޔޫޕީއާރުގެ 36 ވަނަ ބައްދަލުވުމަށް ހުށަހެޅުމަށް އުތެމަ އާއި އެމްޑީއެން އަދި ފުރާންސްގެ އެފްއައިޑީއެޗް ކިޔާ މަދަނީ ޖަމިއްޔާއެއް ގުޅިގެން އޮކްޓޫބަރު 3، 2019 ގައި ތައްޔާރުކޮށްފައިވާ ދިވެހިރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާއި ބެހޭ ރިޕޯޓުގައި ދިވެހިރާއްޖޭގައި ފައްޅި އެޅުމަށާއި ގައިރު ދީންތަކަށް ފުރުސަތު ދިނުމަށް ގޮވާލާފައިވާ ކަމަށް ޖަމިއްޔާތަކުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އުތެމައާ ދެކޮޅަށް ބަޔާން ނެރުނު ޖަމިއްޔާތައް

• އެސޯސިއޭޝަން ފޯ ސޯޝަލް އެވެއާނެސް (އަސާ) - ހއ. އުލިގަމު
• ޖަމިއްޔަތު ރިސާލާ - ހދ. ނޮޅިވަރަމް
• ކެތި އަރާ - ހދ. ހަނިމާދޫ
• ސާއްބަ އެކުވެރި ކުލަބް - ހދ. ހަނިމާދޫ
• ހޮޅުދޫ އިސްލާމިކް މޫވްމަންޓް - ނ. ހޮޅުދޫ
• ސްމާޓް ސޮސައިޓީ - ނ. މަނަދޫ
• ނިދާއުލް އިސްލާމް - ނ. ފޮއްދޫ
• ޔުނައިޓެޑް ފޯ މައި މީދޫ ޔޫތު ޑިވެލޮޕްމަންޓް (އުންމީދު) - ރ. މީދޫ
• މީދޫ ޖަމްއިއްޔަތުއް ސަލާހް - ރ. މީދޫ
• މީދޫ އެކުވެރި ކުލަބް - ރ. މީދޫ
• ލެންޓާނޭ - ރ. ހުޅުދުއްފާރު
• މާޑު އެސޯސިއޭޝަން - ޅ. އޮޅުވެލިފުށި
• ގެދަރިން އޮޅުވެލިފުށި އޯލް ލިންކިން ސޮސައިޓީ - ޅ. އޮޅުވެލިފުށި
• ތުލުސްދޫ ޒުވާނުންގެ ރޫހު - ކ. ތުލުސްދޫ
• ޖަމިއްޔަތުލް މަދަދު - އއ. މަތިވެރި
• ޔޫނިއަން ސްޕޯޓްސް ކްލަބް - އއ. މަތިވެރި
• ޖަމިއްޔަތުލް ގަލަމް - އދ. ދަނގެތި
• ޒުވާނުންގެ ކުލަބް - އދ. ދަނގެތި
• ޖަމިއްޔަތުލް އަންވާރު - އދ. ދަނގެތި
• ދަނގެތި މަސައްކަތްތެރިންގެ ޖަމިއްޔާ - އދ. ދަނގެތި
• އަލްތަދުކީރު - އދ. އޮމަދޫ
• ހޭޅި ސްޕޯޓްސް ކްލަބް - އދ. އޮމަދޫ
• އަލް ބައްޔިނަ - އދ. މަހިބަދޫ
• ބިން ޖަމިއްޔާ - ލ. މާވަށް
• އިލްމް - ލ. ފޮނަދޫ
• ޔުނީކް ސްޕޯޓްސް ކްލަބް - ދ. ބަނޑިދޫ
• ބަނޑިދޫ އެސޯސިއޭޝަން ފޯ ސޯސަލް އެމްޕަވާމެންޓް - ދ. ބަނޑިދޫ
• ދަނގެތި ޔޫތު ޑިވެޕޮލްމަންޓް - އދ. ދަނގެތި
• އިލްމު ފައުންޑޭޝަން - ކ. މާލެ
• ޖަމްއިއްޔަތު ސަލަފް - ކ. މާލެ

މި ބަޔާންތަކުގައި ޖަމިއްޔާތަކުން ވަނީ އެމްޑީއެން ރިޕޯޓް ތަހުގީގު ކުރި އުސޫލުން އުތެމައިން ހުށައަޅަން ނިންމާފައިވާ ރިޕޯޓްވެސް ތަހުގީގުކޮށް އެ ހަޑިމުޑުދާރު ލާދީނީ އަމަލު ހިންގި ދެ ޖަމިއްޔާއިން މިކަމުގައި ޝާމިލްވާ އެންމެންނާ ދެކޮޅަށް ގާނޫނީ ގޮތުން އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ.

އިސްލާމްދީނަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓްގެ މައްސަލަ ބެލުމަށްފަހު ސަރުކާރުން ވަނީ އެ ޖަމިއްޔާ އުވާލާފައެވެ. އެ ޖަމިއްޔާ އުވާލާފައިވަނީ ވަރަށް ގިނަ ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކުން އެ ޖަމިއްޔާ އުވާލުމަށް ގޮވާލާ ގިނަ ރަށްތަކެއްގައި ވަރުގަދަ މުޒާހަރާތަކެއް ކޮށްފައިވަނިކޮށެވެ. މިއީ ޖަމިއްޔާއެއް އުވާލުމަށް ގޮވާލާ ރާއްޖޭގައި ހިންގުނު އެންމެ ބޮޑު ހަރަކާތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355