twitterviber whatsapp telegramfacebookyoutube instagram
25th October 2025

އުތުރަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފި

ޚަދީޖާ އާދަމް
Jul 24, 2020

އުތުރުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ އިން ފެށިގެން ބ އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ. މި އަތޮޅުތަކަށް ލެޔޯ އެލާޓް ނެރެފައިވަނީ މިރޭ 8:30 ގެ ނިޔަލަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ދެންމެ ބުނީ މި އަތޮޅުތަކަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެގޮތުން ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވެ އުދަ އެރުން އެކަށީގެންވާތީ ހއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ވަނީ ނެރެފައެވެ.

މިހާރު ހިނގަމުން މިދަނީ ހުޅަނގު މޫސުމުގެ ފުސް ނަކަތެ. މި ނަކަތް ޖުލައި 15 ވަނަ ދުވަހުން ފެށިގެން 28 ޖުލައިގެ ނިޔަލަށް ދެމިގެންދާނެ އެވެ. ހުޅަނގުގެ އަށް ވަނަ މި ނަތަކަތަކީ އުޑުމަތީގައި ފުސް ވިލާ ގިނަ، ވާރޭ ބޯ ނަކަތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355