twitterviber whatsapp telegramfacebookyoutube instagram
9th February 2026

10 ދުވަސްތެރޭ ރާއްޖެ އައީ 904 ފަތުރުވެރިން

ޚަދީޖާ އާދަމް
Jul 24, 2020

ކޮވިޑަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވި ފަހުން މިހާތަނަށް ރާއްޖެ އައިސްފައިވަނީ 904 ފަތުރުވެރިން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިދިޔަ 10 ދުވަސްތެރޭ ރާއްޖެ އައި ފަތުރުވެރިންގެ ތަފާސް ހިސާބު އާންމުކޮށްފައި ވާއިރު ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. ދެން އެންމެ ގިނައިން އައީ އެމެރިކާ މީހުންނެވެ. ތިންވަނާގައި އޮތީ ޖަރުމަނެވެ.

ރާއްޖެއަށް ފަތުރުވެރިން އައި ގައުމުތަކުގެ ތަފާސް ހިސާބު:

• އިނގިރޭސިވިލާތް - 117 ފަތުރުވެރިން
• އެމެރިކާ - 106 ފަތުރުވެރިން
• ޖަރުމަން - 73 ފަތުރުވެރިން
• ސުވިޒަލޭންޑް - 45 ފަތުރުވެރިން
• ރަޝިޔާ - 45 ފަތުރުވެރިން
• ފިލިޕީންސް - 35 ފަތުރުވެރިން
• ޔޫއޭއީ - 31 ފަތުރުވެރިން
• ސުޕެއިން - 31 ފަތުރުވެރިން
• ހަންގޭރީ - 30 ފަތުުރުވެރިން
• މިސްރު - 23 ފަތުރުވެރިން
• އެހެނިހެން ގައުމުތަކުން - 368 ފަތުރުވެރިން

ބޯޑަރު ހުޅުވާލުމާއެކު ގަތަރުގެ ވެރިރަށް ދޯހާ އިން އައި ފްލައިޓުން ރާއްޖެ އައީ 104 ފަތުރުވެރިންނެވެ. މިއީ އަލުން ރާއްޖެ ހުޅުވާލުން ރާއްޖެ އައި ފުރަތަމަ ފަތުރުވެރިންނެވެ.



މިމަހު 10،595 ޓޫރިސްޓުން އަންނާނެ ކަމަށް ގައުމީ ޔުނިވާސިޓީ އިން ހެދި ދިރާސާއަކުން ވަނީ ދައްކާފަ އެވެ. އެ ދިރާސާގައި ބުނެފައިވާ ގޮތުގައި މި އަހަރު ބާކީ އޮތް މަސްތަކުގައި ޖުމްލަ އަންނާނެ ކަމަށް ބެލެވެނީ 450،134 މީހުންނެވެ. ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އެއަށްފަހު އަލުން ބޯޑަރު ހުޅުވީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355