twitterviber whatsapp telegramfacebookyoutube instagram
23rd February 2026

އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 27.2 މިލިއަން ރުފިޔާ ދޫކޮށްފި

ޚަދީޖާ އާދަމް
Jul 27, 2020

ކޮވިޑް19ގެ ސަބަބުން ވަޒީފާ ގެއްލުނު އަދި އާމްދަނީ އަށް އަސަރު ކުރި 6،638 މީހަކަށް ޖުމްލަ 27.2 މިލިއަން ރުފިޔާ އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި ދޫކޮށްފި އެވެ.

އިންކަމް ސަޕޯޓް އެލަވެންސް ދެނީ މާޗު މަހުގެ އެކަކުން ފެށިގެން، ކޮވިޑް-19ގެ ސަބަބުން ވަޒީފާ އިން ވަކިކުރެވިފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކުރެވިފައިވާ ފަރާތްތަކަށައި އަދި މުސާރަ ނުލިބޭ ގޮތަށް ނޯ ޕޭ ލީވްއަށް ފޮނުވާ ލެވިފައިވާ މީހުންނަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބައެއް އުނިކުރެވިފައިވާ ފަރާތްތަކަށެވެ.

މި އުސޫލުގެ ދަށުން އެލަވެންސް ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޭޕްރީލް، މޭ އަދި ޖޫން މަހަށެވެ.

އެ ފައިސާ ދޫކުރަނީ އެންސްޕާ މެދުވެރިކޮށެވެ. އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދެނީ ވަޒީފާ ގެއްލުނު ކޮންމެ މީހަކަށް 5،000 ރުފިޔާ އަދި މުސާރަ އެންމެ މަދުވެގެން 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެއަދަދަށް ހަމަވާ ވަރުގެ އަދަދެކެވެ.

އިންކަމް ސަޕޯޓު އެލަވެންސް ދިނުމަށް ބޭނުންވާ މާލީ އެހީތެރިކަން ބޭރުގެ ބައެއް މާލީ އިދާރާތަކުން ވަނީ ފޯރުކޮށްދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355