twitterviber whatsapp telegramfacebookyoutube instagram
9th February 2026

ރާއްޖެ އައި ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ޚަދީޖާ އާދަމް
Jul 27, 2020

އިއްޔެ ރާއްޖެ އައި ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިއީ އަލުން ބޯޑަރު ހުޅުވިފަހުން ރާއްޖެ އައި ފަތުރުވެރިޔަކު ވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

"ސަން" އަށް މައުލޫމާތު ދެމުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފަތުރުވެރިޔާ ކޮވިޑަށް ޓެސްޓް ކޮށްފައިވަނީ އެއްވެސް އަލާމާތެއް ފެނިގެން ނޫން ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެ އައި އެއްވެސް މީހެއްގެ ފަރާތުން ކޮވިޑް19 ގެ އެއްވެސް އަލާމާތެއް ފެނިގެން މިހާތަނަށް ރިޕޯޓުކޮށްފައި ނުވާކަމަށް އެޗްއީއޯސީން ބުނީ ރޭގައެވެ.

މި ފަތުރުވެރިޔާ ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި ގައިޑްލައިނާއި އެއްގޮތަށް އައިސޮލޭޝަންގެ ޕްރޮސީޖާ ވެސް ކުރިއަށް ގެންދާނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355