twitterviber whatsapp telegramfacebookyoutube instagram
27th April 2024

އޮސްޓްރޭލިއާއިން ރާއްޖެއަށް 12،000 ޕީޕީއީ ހަދިޔާކޮށްފި

ނަބީލާ އިސްމާޢީލް
Jul 28, 2020

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް ބޭނުންވާ 12،000 ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

މިއަދު މިތަކެތި ހަވާލުކޮށްދެއްވީ އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު، ހިޒް އެކްސެލެންސީ ޑޭވިޑް ހޮލީ އާއި ޑިފެންސް އެޑްވައިޒަރު ގްރޫޕް ކެޕްޓަން ޝޯން އަންވިން އެވެ. އަދި އެ ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ރާއްޖެއން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުއް ރައްޒާގު އަދި ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންކަމަށް ކަނޑައަޅާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ލެފްޓިނެންޓް ކާނަލް އިސްމާއިލް ނަސީރެވެ.

މި ރަސްމިއްޔާތުގައި ރާއްޖެއަކީ އޮސްޓްރޭލިއާގެ ޒަމާންވީ ރަޙުމަތްތެރިއެއްކަމާއި، ކޮވިޑް-19 އާއިގުޅިގެން ރާއްޖެއަށް ދިމާވާ ދަތިތަކަށް ޙައްލު ހޯދައިދިނުމުގައި ރާއްޖެއާއެކު ދެމިތިބޭނެކަމާއި، އަދި ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފޮރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތައް ބޭނުންކުރުމަށް މިފަދަ އެހީއެއް ދެވުނުކަމަށްޓަކައި އުފާ ކުރާ ކަމަށް ހައިކޮމިޝަނަރު ޑޭވިޑް ހޮލީ ވިދާޅުވިއެވެ.

އޮސްޓްރޭލިއާގެ ފަރާތުން ރާއްޖެއާއި ދެމެދުގައިވާ ބަހައްޓާ ގާތްގުޅުމަށާއި އަދި ކޮވިޑް 19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އޮސްޓްރޭލިއާގެ އަސްކަރިއްޔާގެ ފަރާތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަށް ދެއްވި ދީލަތި އެހީތެރިކަމަށްޓަކައި، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ހައިކޮމިޝަނަރު އުމަރު އަބްދުއްރައްޒާގު ދިވެހި ސަރުކާރުގެ ނަމުގައި އޮސްޓްރޭލިއާގެ އަސްކަރިއްޔާ އަށާއި އަދި އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު އަދާ ކުރެއްވިއެވެ.

އޮސްޓްރޭލިއާއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި 200،000 ގްލޯވްވެސް ހިމެނެއެވެ. އެތަކެތީގެ އަގު 120،000 ޑޮލަރަށް އަރާނެކަމަށް އޮސްޓްރޭލިއާގެ އެމްބަސީން ބުންޏެވެ. އެ ހުރިހާ ތަކެއްޗެއްވެސް އުފައްދައިފައިވަނީ ލަންކާގައި ހުންނަ އޮސްޓްރޭލިއާގެ ކުންފުނި އަންސެލް ކުންފިނިންނެވެ.

އޮސްޓްރޭލިއާ އާއި ރާއްޖެއަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް ހިއްސާކުރަމުންދާ ދެ ގައުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355