twitterviber whatsapp telegramfacebookyoutube instagram
13th January 2026

މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 137، މިއީ ރެކޯޑް އަދަދެއް

ޚަދީޖާ އާދަމް
Jul 28, 2020

ކޮވިޑް-19 އަށް މިއަދު ރާއްޖޭން 137 ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. މިއީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން ފަހުން މިހާ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

އެޗްޕީއޭ އިން ބުނީ އިއްޔެ ހަވީރު 6 ން މިއަދު ހަވީރު 6 އާ ހަމައަށް 137 މީހަކަށް އަލަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ.

އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ 92 އެވެ. ދެން އުޅެނީ ބަންގްލަދޭޝްގެ 31 މީހަކާއި އިންޑިއާގެ ނުވަ މީހަކާއި ސްރީ ލަންކާގެ ހަތަރެއް އަދި ފިލިޕިންސްގެ އެކެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 3,506 އަށް އަރާފައެވެ

މިވަގުތު ފަރުވާގައި ތިބީ 929 މީހުންނެވެ. ކޮވިޑްގައި ރާއްޖެއިން 15 މީހަކު ވަނީ މަރުވެފައެވެ. މިއަދު ކޮވިޑް ބަލިން އެއްވެސް މީހަކު ރަނގަޅުވެފައެއް ނުވެއެވެ. ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،547 އެވެ.

ލޮކްޑައުންގެ ހާލަތަށް ލުއި ދިންފަހުން ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ބަޔަކު ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. މިއީ އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވީ ދުވަހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355