twitterviber whatsapp telegramfacebookyoutube instagram
24th August 2025

ކުޅުދުއްފުށީގައި 24 ގަޑިއިރު ކަނޑުތެލަގަ އެރުވުމުގެ ފޯރިގަދަ ހަރަކާތެއް

އަބްދުލް ވާހިދު ޙަސަން
Aug 1, 2020

ބޮޑު އީދާއި ގުޅުވައިގެން ކުޅުދުއްފުށީގައި ކައިޓްބޯޑިންގ އިން އިސްނަގައިގެން 24 ގަޑިއިރު ކަނޑުތެލަގަ އެރުވުމުގެ ހަރަކާތެއް ފަށައިފި އެވެ.

"ހަތަރުދަން 1441" ނަމުގައި އިއްޔެ ހަވީރު ފެށި މިހަރަކާތުގައި 40 އަށްވުރެގިނަ ކައިޓު ސާފަރުން ދަނީ ބައިވެރިވަމުންނެވެ. ކުޅުދުއްފުށީ އެއާޕޯޓު ބީޗް ސަރަހައްދުގައި އިއްޔެ ހަވީރު 16:30 ފެށި މިހަރަކާތް މިއަދު ހަވީރު 16:30 ހަމައަށް ކުރިއަށްދާނެ އެވެ.

ކުޅުދުއްފުށީ ކައިޓްބޯޑިންގ އިސް އޮފިޝަލަކު ކޭއޯއަށް މައުލޫމާތު ދެމުން ބުނީ، މިހަރަކާތް 24 ގަޑިއިރަށް ދެމިގެންދާއިރު ހުރިހާ ވަގުތަކުވެސް ސާފަރުން ކަނޑުތެލަގަ އެރުވުމުގައި ހަރަކާތްތެރިވަމުންދާނެ ކަމަށެވެ. އެގޮތުން އިއްޔެ ހަވީރު ފެށިގެން ރޭގަނޑު ދަންވަރާއެކުވެސް ސާފަރުން ދިޔައީ ކަނޑުތެލަގަ އެރުވުމުގައި އެވެ.

24 hours of continuous kiteboarding with our riders. Join us @ kite beach.
#kiteboardingkulhudhuffushi

عيد مبارك

Posted by Kiteboarding Kulhudhuffushi on Thursday, July 30, 2020


މި ހަރަކާތް ބަލާލުމަށް އެ ސަރަހައްދަށް ގިނަ ބަޔަކު ދަނީ ޖަމާވަމުންނެވެ. އޮފިޝަލް ބުނީ މި ހަރަކާތް ކުރިއަށްދާއިރު އެ ސަރަހައްދުގައި ތަފާތުއެކި ކަންތައްތައްވެސް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ކަނޑުތެލަގަ ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދެވޭތޯ މަސައްކަތްކުރާނެ ކަމަށް އޭނާ ބުންޏެވެ.

ކުޅުދުއްފުށީ ކައިޓް ސާފަރުން ފާހަގަކުރެވިގެންދަނީ މުޅި ރާއްޖޭގައިވެސް ފާހަގަކޮށްލެވޭ ސާފަރުންނެވެ. އެގޮތުން ރާއްޖޭގައި އެންމެ ދުރު ރާސްތާއަކަށް ކަނޑުތެލަގަ ދުއްވައިގެން އެކަމުގެ ރެކޯޑްވެސް އޮތީ ކުޅުދުއްފުށީ ކައިޓް ސާފަރުން އަތުގައެވެ. އެއީ މިދިޔަ އަހަރު "ގަމީސް ވައިދަށަށް" ނަމުގައި ކުރިއަށްގެންދިޔަ އިވެންޓެއްގައި ކުޅުދުއްފުށިން ށ.ފުނަދޫއަށް ކައިޓުގައި ދަތުރުކޮށްގެންނެވެ. އެއީ 35 މޭލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355