twitterviber whatsapp telegramfacebookyoutube instagram
16th March 2026

ނޮޅިވަރަންފަރު މޮނީޓަރިންގެ ހާލަތުން އުވާލައިފި

ނަބީލާ އިސްމާޢީލް
Aug 2, 2020

ސަވާރީ ބޯޓު ކޭސްއާއި ގުޅިގެން މޮނީޓަރިންގެ ހާލަތަށް ގެންދިޔަ ހދ. ނޮޅިވަރަންފަރު މޮނީޓަރިންގެ ހާލަތުން ނަގައިފި އެވެ.

ނޮޅިވަރަންފަރު މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. މި ރަށުގެ އިތުރުން ސަވާރީ ބޯޓު ވަނީ ހއ. ދިއްދޫއާއި ވަށަފަރުގެ އިތުރުން ކެލާއަށް ވެސް ދަތުރުކޮށްފަ އެވެ.

އެޗްޕީއޭއިން އިއްޔެ ނެރުނު އިއުލާނުގައި ބުނެފައިވަނީ ނޮޅިވަރަންފަރު މޮނީޓަރިންގެ ހާލަތުން ނަގަން ނިންމީ ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އިތުރަށް މޮނީޓަރިންގެ ހާލަތު ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތުމުން ކަމަށެވެ.

ސަވާރީ ބޯޓުން 9 މީހަކު ވަނީ މިހާތަނަށް ޕޮޒިޓިވް ވެފައެެވެ. އެއީ އެ ބޯޓުގައި މަސައްކަތްކުރާ އަށް ފަޅުވެރިންނާއި އެ ބޯޓުގައި ދަތުރުކުރި ލަންކާ ފިރިހެނެއްކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ޕޮޒިޓިވްވި ފަޅުވެރިންގެ ތެރޭގައި ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީން ހިމެނޭ އިރު ފަޅުވެރިން ކަރަންޓީންކޮށްފައި ވަނީ ބޯޓުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355