ބޮލީވުޑްގައި ކުރިއަރަމުންއައި ތަރި ސުޝާންތް ސިންގް ރާޖްޕުތްގެ މަރާއެކު ހިލިގެން އުޅޭ ކޯޅުން ގަނޑު އަދިވެސް ދަނީ ކުރިއަށެވެ.
މިކަމުގެ ތެރޭގައި ބޮލީވުޑްގެ އަދިރި ފަރާތުގެ ވާހަކަ އެތަށް ބަޔަކު ދައްކަމުން އަންނަ އިރު މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑެތި ފާޑުކިއުންތައް އަމާޒުވަމުން އަންނީ ބޮލީވުޑްގެ އާއިލާތަކަށެވެ. އިންޑަސްޓްރީއާއި އެއްވެސް ގުޅުމެއް ނެތް ބޭރުން އަންނަ ތަރިންނަށް ފުުރުސަތު ނުލިބެނީ ބޮލީވުޑްގައި ފައިިހިއްފައިގެން ތިިބި އެދާއިރާގައި އެތައް އަަހަރަކު މަސައްކަތް ކޮށްފައިވާ އައިލާތަކުންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެެވެ.
އެގޮތުން އެންމެ ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައިވަނީ ސަލްމާން ޙާން، ސޯނަމް ކަޕޫރް އަދި ކަރީނާ ކަޕޫރު ފަދަ ތަރިންނަށެވެ.
ދާދިފަހުން ދިން އިންޓަވިއުއެއްގައި ކަރީނާ މިވަނީ އެވާހަކަ ދައްކާފައެވެ. ކަރީނާ ބުނީ ބޮލީވުޑްގެ އާއިލާއަކަށް އުފަން ވުން އެއީ އެ އާއިލާތަކުން އައިސް ތިބި ތަރިންގެ ކުށެއް ނޫން ކަމަށާއި، އިންޑަސްޓްރީގައި ކުރިންސުރެ ނަން އޮތްކަމަށް ވިއަސް ކެރިއަރު ރަނގަޅަށް ގެންދިއުމަށް އަމިއްލަ މަސައްކަތް ވެސް ކުރަން ޖެހޭ ކަމަށެވެ.
އާއިލާގެ ނަން އޮތުމުން ފުރުސަތު ލިބުނު ކަމުގައި ވިއަސް އެމީހެއްގެ ކެރިއަރު ކާމިޔާބުމުން އެއީ އެމީހެއްގެ އަތްމަތީގައި އޮންނަ ކަމެއް ކަމަށާއި އެގޮތުން އާއިލާގެ ތެރެއިން ނުކުތް ތަރިންވެސް އެކަށީގެންވާ ހުނަރު ދެއްކިފައި ނެތުމުން ފްލޮޕް ވެފައިވާކަން އޭނާ ފާހަގަ ކުރިއެވެ.
އަދި އިންޑަސްޓްރީއާއި އެއްވެސް ގުޅުމެއް ނެތް ތަރިން އެމީހުންގެ އަމިއްލަ މަސަައްކަތުން ބެލުންތެރިންގެ ލޯބި ހޯދާފައިވާކަންވެސް ކަރީނާ ފާހަގަ ކުރިއެެވެ. އެގޮތުން އޭނާ މިސާލަކަށް ނެގީ އަކްޝޭ ކުމާރު އަދި ޝާހްރުކް ޚާނެވެ.