twitterviber whatsapp telegramfacebookyoutube instagram
20th April 2024

މާލެދާ އުޅަނދުތަކުން ގަވާއިދާ ހިލާފަށް މާލެއަށް މީހަކު ފާބައިފިނަމަ ކެޕްޓަން ޖޫރިމަނާ ކުރަނީ

ނަބީލާ އިސްމާޢީލް
Aug 6, 2020
1

އަތޮޅުތަކުން އަންނަ އުޅަނދުފަހަރުން ގަވާއިދާ ހިލާފަށް މީހަކު މާލެއަށް ފައިބައިފިނަމަ އެ އުޅަނދެއްގެ ކެޕްޓަން ޖޫރިމަނާ ކުރާނެ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ގަވައިދާ ގުޅިގެން ފިޔަވަޅު އަޅާނެ އުސޫލެއް ވަރަށް އަވަހަށް އެޗްޕީއޭ އިން އާންމު ކުރާނެ ކަމަށެވެ.

އެ އުސޫލުގެ ދަށުން ގަވާއިދާ ހިލާފަށް ބަނދަރު ކުރާ އުޅަނދުގެ ކެޕްޓަން ޖޫރިމަނާ ކުރެވޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި މީގެ އިތުރުން ބަނދަރުކުރާ ދޯނިން މީހަކު މާލެ ފޭބިނަމަވެސް އެ އުޅަނދެއްގެ ކެޕްޓަން ޖޫރިމަނާކުރާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ހަދާއިވާ ގަވާއިދުގެ އިތުރުން ދާދި އަވަހަށް ހަމަ މިއާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވެސް ޚާއްސަ އުސޫލެއް އެކުލަވާލާ އާންމު ކުރާނެ ކަމަށެވެ.

އާންމުކޮށް މާލެއަންނަ ދޯނިފަހަރު ލަފާފުރުމަށް ނޯތްހަބަރުން ޓީޖެޓީ ސަރަހައްދު ކަނޑައަޅާފައިވާ ކަމަށާއި، މާލެ އަންނަ ސްޕީޑް ލޯންޗް ފަހަރު މާލޭގެ އެއް ނަންބަރު ޖެޓީއަށް އެމްއެމްއޭ ކުރިމަތިފަޅު ބޭނުންކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މަސްވެރިކަން ކުރާ އުޅަނދުފަހަރާއި، އެހެނިހެން އުޅަނދުފަހަރު ހުޅުމާލެ ބަނދަރު ލަފާފުރުމުގައި ބޭނުން ކުރުމަށް ހަމަޖައްސާފައިވާ ކަމަށާއި، ރިސޯޓުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު މާލޭގެ ފަސް ނަންބަރު އަދި ހަނަންބަރު ޖެޓީ ބޭނުން ކުރުމަށް ހަމަޖައްސާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355