twitterviber whatsapp telegramfacebookyoutube instagram
29th March 2024

މޫލީ ތައާރަފްކުރިތާ އެއް އަހަރުވުން ފާހަގަކުރަނީ

ޚަދީޖާ އާދަމް
Aug 8, 2020

އުރީދޫ މޯލްޑިވްސްގެ އީ-ކޮމަރސް ޕްލެޓެފޯރމް މޫލީއަށް އެއް އަހަރު ފުރުމުގެ މުނާސަބަތު މޫލީގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި ފާހަގަކޮށްފިއެވެ. މޫލީ ޕްލެޓްފޯރމް ގެ މިކާމިޔާބުގެ އުފަލުގައި ކަސްޓަމަރުންނަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް މުޅި އޯގަސްޓް މަހު ކުރިޔަށްގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

ރާއްޖެއަށް ފުރަތަމަ ފަހަރަށް، މުޅިން ތަފާތު އީ-ކޮމަރސް ބާޒާރެއްގެ ގޮތުގައި 2019ގެ އޯގަސްޓްމަހު ތައާރަފްކުރެވުނު މޫލީ މެދުވެރިކޮށް މިހާރުވެސް 10000އަށް ވުރެ ގިނަ ޑެލިވަރީ ރާއްޖޭގެ އެކި ހިސާބުތަކަށްވަނީ ފޯރުކޮށްދެވިފައިވާ ކަމަށް އުރީދޫއިން ބުނެއެވެ.

މި ޕްލެޓްފޯރމް މެދުވެރިކޮށް 14 ކެޓެގެރީއަކުން މަގުބޫލުކަން ހޯދާފައިވާ 36 ކުންފުންޏެއްގެ ކޮލީޓި އެތައް ޕްރޮޑަކްޓެއް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ވިޔަފާރިކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވައިލަދެއެވެ. މީގެ ތެރެއިން އިލެކްޓްރޯނިކް ސާމާނު، ގެޔަށް އަދި ބަދިގެއަށް ބޭނުންވާ ސާމާނު، ފޮތާއި ސްޓޭޝަނަރީ، ގޭމިންގް ޕްރޮޑަކްޓްސް އަދި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތިވެސް ހިމެނެއެވެ.

ކަސްޓަމަރުންގެ ބޭނުންތައް ދެނެގަނެ، ކަސްޓަމަރުންނާއި ގާތް ގުޅުމެއް އުފައްދާ ޕަރސަނަލައިޒްޑް ހިދުމަތެއް ދިނުމަކީ މޫލީގެ އެންމެ މުހިންމު މަގްސަދެވެ. އެގޮތުގެ މަތިން މުޅި ދުނިޔެ ކުރިމަތިލަމުންދާ ކޮވިޑް-19 ޕެންޑެމިކް އާއި ގުޅިގެން ސަރުކާރުން އިއުލާނުކުރި ފުރަބަންދުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުންނާއި ކަސްޓަމަރުން ރައްކާތެރިކަމާއެކު ގޭގައި ތިއްބަވައިގެން ވިޔަފާރިކުރުމަށް ފުރުސަތު ފުޅާކޮށްދިނުމުގެ ގޮތުން އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ވިއްކާ ވިޔަފާރިތަކާއި ގުޅިގެން މޫލީ މެދުވެރިކޮށް ޑެލިވެރީގެ ހިދުމަތް ފޯރުކޮށްދީފައިވެއެވެ.

މީގެ އިތުރުން، ފިތުރު އީދާއި އަޟްހާ އީދުގެ މުނާސަބަތުގައި ހާއްސަ ޕްރޮމޯޝަންތަކާއި އެކު ސަލާމަތްތެރިކަމާއިއެކު ގޭގައި ތިބެގެން އީދުގެ އުފާފާޅުކޮށް އާއިލާ އާއި ރައްޓެހިންނަށް އީދު ހަދިޔާ ބަދަލުކުރުމުގެ ފުރުސަތު މޫލީއިންވަނީ ފަހިކޮށްދީފައެވެ. މި ހާއްސަ ޕްރޮމޯޝަންތަކުގެ ތެރެއިން އަޟްހާ އީދާ ގުޅުވައިގެން ކުރިއަށްދިޔަ މޫލީ ކާނިވަލްއަކީ ޑިޖިޓަލްކޮށް ރާއްޖޭގައި ބޭއްވުނު ތަފާތު ކާނިވަލްއެއްކަންވެސް ފާހަގަކޮށްލެވެއެވެ.

ފުޅާވަމުން އަންނަ އީ-ކޮމަރސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިންގ އެކްސްޕީރިއެންސް އެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓަރންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތްވެސް މޫލީއިން ފޯރުކޮށްދެއެވެ. މި ޕްލެޓްފޯމްގެ ހާއްސަ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް ފަސޭހަކަމާއިއެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވެ ހިލޭ ވެއަރހައުސް ހިދުމަތާއި ޑެލިވަރީ ހިދުމަތް ލިބުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355