twitterviber whatsapp telegramfacebookyoutube instagram
20th March 2026

ޖެނީވާގައި ހުންނަވާ އދ ގެ މަންދޫބަކަށް ޑރ. އާސިމް

ނަބީލާ އިސްމާޢީލް
Aug 10, 2020

ޖެނީވާގައި ހުންނަ އދ. ގެ މަރުކަޒުތަކަށް، ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބަކަށް ގ. ފަރުކަނި ޑރ. އާސިމް އަހުމަދު އައްޔަނު ކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވައިފި އެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، ޖެނީވާ އޮފީހުގެ ދާއިމީ މަންދޫބަކަށް އާސިމް އައްޔަންކުރެއްވި ކަމުގެ ލިޔުން ހަވާލުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ޑރ. އާސިމް މީގެ ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގަ އެވެ. ޑރ. އާސިމް ވަނީ މީގެ ކުރިން ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރުކަން ކުރައްވައިފަ އެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަގާމާއި، އޫއެންޑީޕީ، ޔުނިސެފް ފަދަ ތަންތަނަށް ފަންނީ ލަފާ އެރުމުގެ ހިދުމަތް ވެސް ދެއްވާފަ އެވެ.

ޑރ. އާސިމް އަހުމަދަކީ ސޯޝިއޮލޮޖީ އެންޑް ޕޮލިޓިކްސްގެ ދާއިރާއިން ބެޗެލަރ އޮފް އާރޓްސްގެ އިތުރުން، މާސްޓަރ އޮފް ފިލޯސޮފީ އިން ޑިވެލޮޕްމަންޓް ސްޓަޑީސްއާއި، ޑޮކްޓަރ އޮފް ފިލޯސޮފީ އިން ސޯޝަލް ޕޮލިސީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355