twitterviber whatsapp telegramfacebookyoutube instagram
26th April 2024

އިސްތިއުނާފަށް 30 ދުވަސް ދޭ ބާބަށް އަމަލުކުރުމަށް ޕީޖީއަށް އަންގަވައިފި

Aug 10, 2020

ކާރިސާއެއްގެ ހާލަތުގައި ނުވަތަ ގައުމުގައި ކުއްލި ނުރައްކަލެއް އިއުލާނުކޮށްފައިވާ ހާލަތުގައި މަތީ މަރުހަލާގު ކޯޓުތަކުގައި މައްސަލަ އިސްތިއުނާފު ކުރަން 30 ދުވަހުގެ މުއްދަތެއް ދޭންޖެހޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އަންގަވައިފިއެވެ.

އެހެންކަމުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ރާއްޖޭގައި އުވައިލަންދެން، ނުވަތަ ޕީޖީ އެހެން ގޮތަކަށް ކަނޑައަޅަންދެން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 1-203 ވަނަ މާއްދާގެ (ބ) އިން، ޕްރޮސިކިއުޓާ ޖެނެރަލްއަށް ލިބިދީފައިވާ އިހްތިޔާރުގެ ދަށުން، އެއިހްތިޔާރު ބޭނުންކުރުމަށް ޕީޖީ ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެ ގާނޫނުގެ ނަވާވީސް-1 ވަނަ ބާބުގައި ބަޔާންކުރާ ތަހުގީގުކުރުމާއި ދައުވާކުރުމާ ގުޅޭ އުސޫލުތަކަށް އަމަލު ކުރުމަށް ނިންމަވާފައިވާ ކަމަށް އެންގުމުގައިވެއެވެ.

އެ ބާބުގައި ބުނެފައި ވަނީ ކާރިސާގެ ހާލަތުގައި ގާނޫނު ބުނާ މުއްދަތުގައި މައްސަލައެއް ތަހުގީގުކުރުމަށާއި ދައުވާ އުފުލުމަށް ބޮޑެތި ހުރަސްތަކެއް ހުރިނަމަ ޕްރޮސެކިއުޓަ ޖެނެރަލަށް އެމައްސަލައެއް ތަހުގީގު ކުރުމަށް އިތުރު 60 ދުވަސް ދޭން ނިންމިދާނެ ކަމަށެވެ. އާންމު ހާލަތުގައި މައްސަލައެއް ތަހުގީގު ކުރަން ލިބޭނީ 30 ދުވަހެވެ.

އަދި ކާރިސާގެ ހާލަތުގައި މައްސަލައިގެ ހުކުމް ލިބޭ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރެވޭނެ ކަމަށްވެސް ބާބުގައި ވެއެވެ. އާންމު ހާލަތުގައި އިސްތިއުނާފު މުއްދަތަކީ 10 ދުވަހެވެ.

ޕީޖީ ޝަމީމް މިއަދު ވިދާޅުވީ، އެ އިއުލާނާ ގުޅިގެން އާންމު ސިއްހަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން އަޅުއްވާފައިވާ ފިޔަވަޅުތަކާއި ގުޅިގެން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އާންމު އުސޫލުތަކުގެ ދަށުން މައްސަލަތައް ތަހުގީގުކޮށް ދައުވާކުރުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދައުވާކުރުމަށް ފޮނުވުމަށް ދަތިވެފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ މާޗު 12 ވަނަ ދުވަހުއެވެ.

އަދި ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައި އެބަލީގެ އަލާމާތްތައް ހުރި ކުށެއްގެ ތުހުމަތުގައިވާ މީހަކު ފުލުހުންގެ މަރުކަޒަކަށް ހާޒިރުކުރުމުގެ ސަބަބުން ފުލުހުންގެ މަރުކަޒުތަކުގައި ބަލި ފެތުރުމުގެ ބިރު އޮތްކަމަށްވެސް ބަޔާންކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ހެކިބަސް ދޭންތިބި މީހުންވެސް ކޮވިޑް-19 ގެ ސަބަބުން ފުލުހުންގެ މަރުކަޒުތަކަށް ހާޒިރުވުމުގެ ދަތިތަކެއް ހުރިކަމަށާއި، ގާނޫނީ ވަކީލުންނަށް ފުލުހުންގެ މަރުކަޒުތަކަށް ނުވަތަ މީހުން ބަންދުކޮށްފައިވާ މަރުކަޒުތަކަށް ހާޒިރުވުމުގައި ފުލުހުންނަށާއި ގާނޫނީ ވަކީލުންނަށް ނުރައްކަލެއް އޮތްކަމަށް ބަޔާންކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355