twitterviber whatsapp telegramfacebookyoutube instagram
28th June 2026

5 ރަށެއްގައި ސާފު ފެން އުފައްދާ ޕްލާންޓު ބަހައްޓަނީ

ޚަދީޖާ އާދަމް
Aug 11, 2020

ޗައިނާގެ އެހީގައި 5 ރަށެއްގައި ސާފުފެން އުފައްދާ ޕްލާންޓު ބެހެއްޓުމަށް އެއްބަސް ވުމެއްގައި ސޮއިކޮށްފި އެެވެ.

އެގޮތުން ޗައިނާގެ އެހީގައި މައިކްރޯ ގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓު ބަހައްޓާ ރަށްރަށަކީ ހއ. ކެލާ، ޅ. އޮޅުވެލިފުށި، ކ. ކާށިދޫ، ގއ.ދާންދޫ އަދި ރ. އަލިފުއްޓެވެ.

މި މަޝްރޫއަކީ 11.8 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި އެއްބަސްވުމުގައި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް އެވެ.

ޗައިނާ އިންދަނީީ ރާއްޖޭގެ ތަރައްގީގެ ގިނަ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355