twitterviber whatsapp telegramfacebookyoutube instagram
20th April 2024

ފެންބޮޑުވާ މައްސަލައަށް ރަށު ފެންވަރުގައި ހައްލެއް ހޯދުމަށް މަޝްވަރާކޮށްފި

އަބްދުލް ވާހިދު ޙަސަން
Aug 11, 2020
1

ކުޅުދުއްފުއްޓަށް ވާރޭވެހި ފެންބޮޑުވާ މައްސަލައަށް ރަށު ފެންވަރުގައި ކުރެވިދާނެ ކަންތައްތައް ބަލައި އަވަސް ހައްލެއް ހޯދުމަށް ކަމާ ގުޅުން ހުރި ފަރާތްތަކާއެކު ކައުންސިލުން މަޝްވަރާކޮށްފި އެވެ.

ކުޅުދުއްފުށީ ކައުންސިލް އިދާރާގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ފުލުހުންނާއި ސިފައިންނާއި ރެޑްކުރެސެންޓް، އެމްޑަބުލިއުއެސްސީ އާއި އަތޮޅު ކައުންސިލްގެ އޮފިޝަލުން ބައިވެރިވި އެވެ.

މި ބައްދަލުވުމުގައި ރަށު ފެންވަރުގައި ފެން ހިންދޭނެ އަވަސް ނިޒާމެއް ގާއިމުކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކޮށްފައިވެ އެވެ.

މި ބައްދަލުވުމަށްފަހު ކޭއޯއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، ވާރޭވެހޭ ކޮންމެ ފަހަރަކު ފެންބޮޑުވެ އާންމު ދިރިއުޅުމަށް އެކަމުގެ ސަބަބުން ހުރަސް އެޅެމުންދާ ކަމަށެވެ. އަދި ފެންބޮޑުވާ ފަހަރުތަކުގައި އޮފީސްތަކުގެ މުވައްޒަފުން އާންމު އޮޕަރޭޝަންތައް މެދުކަނޑާލައި ފެން ހިންދުމުގެ މަސައްކަތުގައި ކޮންމެ ފަހަރަކު އުޅެން ޖެހުމުން ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.

ލަތީފް ވިދާޅުވީ، ބައްދަލުވުމުގައި އެންމެ ބޮޑަށް މަޝްވަރާކުރެވުނީ މުވައްސަސާތައް ގުޅިގެން މިކަމަށް އަވަސް ހައްލެއް ހޯދުމާ ބެހޭ ގޮތުން ކަމަށެވެ.

ފެންބޮޑުވާ މައްސަލަ ހައްލުކުރެވޭނީ ރައްޔިތުންގެވެސް ފަރުދީ ޒިންމާ އަދާކޮށްގެންކަން ފާހަގަކުރައްވަމުން ލަތީފް ވިދާޅުވީ، މިކަމުގެ އެންމެ މުހިންމީ ރައްޔިތުންގެ އެއްބާރުލުން ކަމަށެވެ.

މި ބައްދަލުވުން ނިންމާލުމަށްފަހު ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ އެންމެ ބޮޑަށް ރަށުގައި ފެންބޮޑުވާ ސަރަހައްދުތަކަށް ގޮސް ބަލާފަ އެވެ.

ކުޅުދުއްފުއްޓަކީ ޒަމާނުންސުރެއް ފެންބޮޑުވާ ރަށެކެވެ. ނަމަވެސް ގޭބިސީތަކަށް ފެންވަދެ ގެއްލުންވާ ފެށީ ބައެއް މަގުތަކުގައި ތާރު އެޅިއިރު ގޯތިތަކަށްވުރެ އުސްކޮށް މަގު ހެދުމުގެ ސަބަބުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355