twitterviber whatsapp telegramfacebookyoutube instagram
16th May 2025

މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕްގެ ފަރާތުން ވެމްކޯއަށް މާސްކް ހަދިޔާކޮށްފި

ނަބީލާ އިސްމާޢީލް
Aug 11, 2020

މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕް (އެމްއެސްޖީއެފް)ގެ ފަރާތުން ވެމްކޯ މުވައްޒަފުންނަށް 1،400 ފޮތި މާސްކު ހަދިޔާކޮށްފިއެވެ.

ކޭއޯ އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕް (އެމްއެސްޖީއެފް)ގެ ފައިނޭންސް ސެކެޓްރީ އަސްމާ ހަސަން ވިދާޅުވީ އެމްއެސްޖީއެފްގެ މެންބަރުން އިސްނަގައިގެން މެމްބަރުގެ ފަރާތުން ވެމްކޯގެ މުވައްޒަފުންނަށް މާސްކް ހަދިޔާކުރަން ނިންމީ ވަރުބަލިކަމެއް ނެތި ކޮވިޑްގެ އެންމެ ޕީކްގައިވެސް އަދި މިހާރުވެސް ވެމްކޯގެ މުވައްޒަފުންނަކީ ފްރަޓްލައިންގައި މަސަކަތް ކުރާފަރާތްތަކުގެ ތެރެއިން މުޖުތަމައުއަށް ނުހަނު އަގުހުރި މަސައްކަތް ތަކެއް ކޮށްދެމުން އަންނަ ބަޔަކަށްވާތީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ. އަސްމާ އިތުރަށް ވިދާޅުވީ ފުރަންޓްލައިންގަ މަސަކަތްކުރާ ކޮންމެ ފަރާތަކީވެސް މުހިންމު ހިދުމަތްތަކެއް ކޮށްދޭބައެއްކަމަށެވެ.

ވެމްކޯގެ ހެޑް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި މާސްކުތައް ވެމްކޯއާ ހަވާލުކުރީ އެމްއެސްޖީއެފްގެ މެންބަރުންނެވެ. ވެމްކޯގެ ފަރާތުން މާސްކުތަކާ ހަވާލުވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދެވެ.

އެމްއެސްޖީއެފްއަކީ ގައިޑިން އަދި ސްކައުޓިން ވެލިއުސްތައް ޒުވާނުންގެ މެދުގައި ދިރުވައި އާލާކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން އަންނަނީ އެކި މުނާސަބާތަކާއި އެކި ހާލަތްތަކާ ގުޅިގެން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އޭގެ ތެރޭގައި ފަންޑު ރައިސިން ހަރަކާތްތަކާއި ޑޮނޭޝަންގެ ހަރަކާތްތައް ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355