twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރަޝިޔާއިން އުފެއްދި ކޮވިޑް ވެކްސިން ރެޖިސްޓާކޮށް، ބޭނުން ކުރަން ފަށައިފި

ނަބީލާ އިސްމާޢީލް
Aug 12, 2020

ކޮވިޑް-19 އަށް ރަޝިއާއިން އުފެއްދި ވެކްސިން ރަޖިސްޓްރީކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.

ރައީސް ޕޫޓިން ވިދާޅުވި ގޮތުގައި އެގައުމުގެ ގަމަލެޔާ ނެޝަނަލް ރިސާޗް ސެންޓަރުން އުފެއްދި އެ ވެކްސިން މީހުންނަށް ދިނުމުން އާ ކޮރޯނާވައިރަހުން ރައްކާތެރިކޮށްދޭނެ ކަމަށެވެ. އިއްޔެ އޮތް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވީ ވެކްސިންގެ އަސަރު ރަނގަޅަށް ކުރާކަން ޓެސްޓްތަކުން ހާމަވެފައިވާ ކަމަށެވެ. އަދި ކޮރޯނާވައިރަހުން ދިފާއުވުމުގެ ބާރު މިވެކްސިންގައި ހުންނަ ކަމަށް ޕުޓިން ވިދާޅުވިއެވެ.

އަދި ވެކްސިން ޓެސްޓުކޮށް، ޕޫޓިންގެ ދަރިކަނބަލުންނަށް މިހާރު ވެކްސިން ޖަހާފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ވިދާޅުވި އެވެ.

ރަޝިއާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެ ވެކްސިން އެންމެ ފުރަތަމަ ދޭނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ޓީޗަރުން ފަދަ، ބަލި ޖެހުމުގެ ނުރައްކާ އެންމެ ބޮޑަށް އޮތް މީހުންނަށް ކަމަށެވެ.

ރަޝިއާ އަކީ މިހާތަނަށް އާ ކޮރޯނާވައިރަހަށް ވެކްސިނެއް ރެޖިސްޓާ ކުރި ފުރަތަމަ ގައުމެވެ. ނަމަވެސް އެ ވެކްސިން ރެޖިސްޓާ ކޮށްފައި ވަނީ ވެކްސިން ޓެސްޓު ކުރުމުގެ ތިން ވަނަ މަރުހަލާ ކަމުގައިވާ އެތައް ހާސް މީހުން ހިމަނައިގެން، ދިގު މުއްދަތަކަށް ކުރިއަށް ގެންދަން ޖެހޭ ޓެސްޓުތަކެ ނިމުމުގެ ކުރިންނެވެ.

ރަޝިއާއިން ވަނީ އެ ވެކްސިންގެ ތިން ވަނަ މަރުހަލާގެ ޓެސްޓުތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355