twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ހިލަރީ ފިލްމު ކުޅުން މެދުކަނޑާލި ސަބަބު ހާމަކޮށްފި

ނަބީލާ އިސްމާޢީލް
Aug 13, 2020

ހިލަރީ ސްވަންކް ފިލްމު ކުޅުމާއި ފަސް އަހަރު ދުރުގަ ހުރުމަށްފަހު އެނބުރި އިންޑަސްޓްރީއާ ގުޅިއްޖެ އެވެ. އެނބުރި އައުމަށްފަހު އޭނާ ވަނީ ފިލްމް ކުޅުމުން ބްރޭކެއް ނެގި ސަބަބު ހާމަކޮށްފަ އެވެ.

އޮސްކާވެސް ހާސިލްކޮށްފައިވާ 46 އަހަރުގެ ހިލަރީ ބުނީ އޭނާ ފަސް އަހަރުގެ ބްރޭކެއް ނެގީ އޭނަ ބައްޕަ ލަގްސް ޓްރާންސް ޕްލާންޓް ކުރުމާއި ގުޅިގެން ބައްޕަގެ ހުރިހާ ޒިންމާ އަކާ ހަވާލުވެގެން ހުރުމުގެ ސަބަބުން ކަމަށެވެ.

އޭނާ ބުނީ އުންމީދު ކުރީ އެއް އަހަރު ތެރޭ ނިމޭނެ ކަމަށެވެ. ނަމަވެސް ލަންގް ޓްރާސްޕްލާންޓެއް ހެދުމަށް ފަހު ސިއްހަތަށް ވަރަށް ބަލަންޖެހޭ ކަމަށާއި ސަބަބަކީ މެއަކީ ވަރަށް ނާޒުކު ގުނަވަނެއްކަމުން ބައްޕަކައިރީ ހުރުމަށް އިތުރު ވަގުތު ބޭނުން ވީ ކަމަށެވެ.

ހިލަރީ ފިލްމް ކުޅުމާއި ދުރައްޖެހިލީ 2014 ވަނަ އަހަރު އެވެ. ނަމަވެސް އަންނަ މަހު އޭނާގެ އާ ސީރީސް "އަވޭ" ނެޓްފްލިކްސްގައި ދައްކާނެ އެވެ. އަދި ހޮލީވުޑަށް އެނބުރި އައުމަށްފަހު ކުޅުނު ފުރަތަމަ ފިލްމު "ދަ ހަންޓް" ވެސް ވަރަށް އަވަހަށް ބެލުންތެރިންނާއި ހަމައަށް އަންނާނެ އެވެ.

އޭނާ ބުނީ އެހެން ހުރިހާކަމަކަށްވުރެން ރަނގަޅު ސިއްހަތެއްގައި ހުރުން މުހިންމު ކަމަށެވެ. އެހެން ކަމުން ގަވައިދުން ކަސްރަތުކޮށް ސްޓްރެސްއާއި ދުރުގަ އުޅެން ޖެހޭކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355