twitterviber whatsapp telegramfacebookyoutube instagram
4th June 2025

މިއަހަރު ސްކޫލުތަކުގެ ދެވަނަ ޓާމްގެ ކިޔެވުން އަންނަ އަހަރު ޖެނުއަރީން ޖޫންއަށް

ޚަދީޖާ އާދަމް
Aug 13, 2020

މިއަަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން އަންނަ އަަހަރުގެ ޖެނުއަރީން ޖޫން އަށް ތާވަލްކޮށްފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމު ކުރި އެކެޑެމިކް ކަލަންޑަރުގައި ވާގޮތުން މި އަހަރުގެ ދެވަނަ ޓާން މިގޮތަށް ތާވަލް ކުރުމާއި ގުޅިގެން އަންނަ އަހަރު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ 10 އޮގަސްޓުގަ އެވެ.

މިއަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމޭނީ ޑިސެމްބަރު މަހު ތިނެއްގަ އެވެ. އަދި ދެވަނަ ޓާމްގެ ކިޔެވުން ކުރިއަށް ގެންދާނީ އަންނަ އަހަރު ޖެނުއަރީ 12 އިން 24 ޖޫން އަށެެވެ.

ދިރާސީ އާ އަހަރު އަންނަ އޮގަސްޓު މަހާ ހަމައަށް ލަސްކުރީ މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްއާ ގުޅިގެން ސްކޫލްތަކުގެ ކިޔެވުން މެދުކެނޑި ގިނަ ދުވަސްތަކެއް ވަންދެން ފިލާވަޅުތައް ގެއްލިފައިވާތީ އެވެ.

އަންނަ އަހަރު ދިރާސީ އާ އަހަރު އޮގަސްޓުގައި ފަށާއިރު 2022 ވަނަ އަހަރުވެސް ދިރާސީ އާ އަަހަރު، އަހަރުގެ މެދުތެރެއިން ފަށަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހިޔާލު ހޯދަން ހުޅުވާލައިފަ އެވެ.

މާޗުމަހުން ފެށިގެން ސްކޫލުތައް ބަންދު ކުރުމަށްފަހު މިދިޔަ މަހު ސްކޫލުތައް ހުޅުވާލިނަމަވެސް މާލެތެރޭ އަނެއްކާވެސް ކޮމިއުނިޓީ ސްޕްރެޑް އިތުރުވާން ފެށުމުން ކިޔަވައިދިނުން ވަނީ ވަގުތީ ގޮތުން މަދުކަނޑާލައި މިހާރު ކްލާސްތައް ގެންދަނީ އޮންލައިންކޮށެވެ. ކޮރޯނާ ވައިރަސް ފެތުރޭ ރަށްތަކުގައިވެސް ކިޔެވުން ވަގުތީ ގޮތުން ވަނީ ސްކޫލްތައް މެދުކަނޑާލަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355