twitterviber whatsapp telegramfacebookyoutube instagram
25th August 2026

އޭޖެންޓުން ރަޖިސްޓްރީ ކުރިކަމުގެ ލިއުން ހުށައަޅަން އަންގައިފި

ޚަދީޖާ އާދަމް
Aug 13, 2020

މިދިއަ މަހު އެކުލަވައިލި އާ ގަވައިދުގެ ދަށުން، ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީ ކޮށްފައިވާ ކަމުގެ ލިއުން އަންނަ އާދީއްތަ ދުވަހުގެ ކުރިން ހުށަހެޅުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަންގައިފި އެވެ.

ކަސްޓަމުން މިއަދު ކުރި އިއުލާނެއްގައި ބުނީ އޭޖެންޓުންގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތައް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީވެފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުން އަންނަ އާދީއްތަ ދުވަހުގެ ކުރިން ހުށަހަޅަން އެދޭ ކަމަށެވެ.

އަދި އެ ދުވަހުގެ ފަހުން، އުޅަނދު ފަހަރުގެ އޭޖުންޓުންގެ ލައިސަންސް ހޯދުމަށާއި ލައިސަންސް އައުކޮށްދިނުމަށް އެދި ކަސްޓަމްސްއަށް ހުށަހަޅާ ކުންފުނިތަކުންވެސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީވެފައިވާ ފަރާތެއްކަން އަންގައިދޭ ލިއުން ހުށަހަޅަންޖެހޭނެކަމަށް ކަސްޓަމްސް އިން އިތުރަށް ބުންޏެވެ.

ރާއްޖޭގެ ޝިޕިން އެޖެންސީ ތަކުން ތަފާތު އެކި ނަންނަމުގައި ފީތައް ނަގަމުން ދިއުމުގެ ސަބަބުން ވިޔަފާރިވެރިންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، ޓްރާންސްޕޯޓް އޮތޯރިޓީން ގެޒެޓްކޮށްފައިވާ ޝިޕިން އެޖެންސީތަކުން ހިދުމަތް ދިނުމުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން، އާދީއްތަ ދުވަހުގެ ފަހުން ރާއްޖޭގައި ރަޖިސްޓްރީނުކޮށް ހިދުމަތް ދިނުމަކީ މަނާކަމެކެވެ.

އާ ގަވައިދުގެ ދަށުން ތަފާތު އެކި ނަންނަމުގައި ބޭރުގެ އެޖެންސީތަކުން ފީ ނެގުން ވަނީ ހުއްޓުމަކަށް ގެނެސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355