twitterviber whatsapp telegramfacebookyoutube instagram
16th May 2025

އިދާރާތަކުގެ މުސާރައާއި އިނާޔަތްތައް ޝާއިއު ކުރަން އަންގައިފި

ޚަދީޖާ އާދަމް
Aug 13, 2020

ދައުލަތުގެ އިދާރާތަކުގެ މުސާރައާ އިނާޔަތްތައް އެންމެނަށް އެނގޭނެ ހެން އެ އިދާރާއެއްގެ ވެބްސައިޓްގައި ޝާއިއު ކުރަން އިންފޯމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންގައިފި އެވެ.

ކޮމިޝަނާ ހުސައިން ފިޔާޒު މޫސާ ސޮއި ކުރައްވާ ދައުލަތުގެ ހުރިހާ އިދާރާއަކަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ފަހަކަށް އައިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ހޯދަން ބައެއް އިދާރާތަކަށް ހުށަހަޅަމުން ގެންދާކަން ފާހަގަ ކުރެވޭތީ އާއި، އެ ފަދަ މައުލޫމާތަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހާމަކުރަން ޖެހޭ މައުލޫމާތެއް ކަމުން މުވައްޒަފުންނަށް ދޭ އުޖޫރަ އާއި އިނާޔަތް، ވަކިވަކިން އަހަރަކު އެއް ފަހަރު ނުވަތަ އެ އިދާރާއަކުން ކަނޑައަޅާ އެއަށް ވުރެ އަވަސް މުއްދަތެއްގައި އަމިއްލައަށް އިސްވެ ޝާއިއު ކުރަން ޖެހޭނެ ކަމަށެވެ.

އަދި ދައުލަތުގެ ހުރިހާ އިދާރާއަކުން ވެސް، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ވަކިވަކިން އެނގޭނެ ގޮތަށް އެ އިދާރާއެއްގެ ވެބްސައިޓުގައި ޝާއިއު ކުރަން އަންގާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355