twitterviber whatsapp telegramfacebookyoutube instagram
15th May 2025

އުރީދޫ ސުޕަނެޓް ޕްލޭންތައް އަޕްގްރޭޑް ކޮށްފި

ނަބީލާ އިސްމާޢީލް
Aug 16, 2020

އުރީދޫ މޯލްޑިވްސްގެ ބްރޯޑް ބޭންޑް އިންޓަނެޓު ހިދުމަތް ސްޕީޑް މަތިކޮށް އަޕްގްރޭޑެއް ގެނެސްފި އެވެ.

އެ ކުންފުނިން ވަނީ މި އަޕްގްރޭޑާއެކު އިންޓަނެޓް ސްޕީޑު ފަސް ގުނަ އަވަސް ކޮށްފަ އެވެ. އަދި 68 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ ވެސް މި އަޕްގްރޭޑާއެކު ކަސްޓަމަރުންނަށް ލިބޭނެ އެވެ.

އުރީދޫން ބުނީ މި އަޕްގްރޭޑަކީ ފެށުނީއްސުރެ އެންމެ ފުރިހަމަ އިންޓަނެޓްގެ ހިދުމަތާއިއެކު ރައްޔިތުން ގުޅުވައިދިނުމުގެ އަޒުމުގައި ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކުންފުންޏަކަށް ވާތީ ގެނައި ބަދަލެއް ކަމަށެވެ. އެހެންކަމުން މި ބަދަލާ އެކު ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި އިތުރު ޑޭޓާ އާއި ސްޕީޑު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫގެ ސީއީއޯ އަދި އެމްޑީ ނަޖީބު ހާން ވިދާޅުވީ އުރީދޫން ރާއްޖޭގައި ދޭ ހިދުމަތް ތަކަށް 15 އަހަރު ފުރުމުގެ މުނާސަބާ ފާހަގަ ކުރަމުން ދާއިރު ރައްޔިތުންނަށް އެންމެ ފުރިހަމަ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށެވެ.

"މި ބަދަލު ގެނައުމުގެ މަގްސަދަކީ، ދުނިޔޭގެ ހާލަތާއެކު ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ އިންޓަނެޓްގެ ބޭނުންތައް ފުރިހަމަ ކުރުމަށް ލުއި ގޮތްތައް ހޯދައި ދިނުން. އޮންލައިންކޮށް ކިޔެވުމާއި ސިއްހީ ހިދުމަތާއި އަދި އޮންލައިންކޮށް ވިޔަފާރިކުރުން ފަދަ ޑިޖިޓަލްވަމުން އަންނަ ހިދުމަތްތަކުގެ ފުރިހަމަ ބޭނުން ހިފުމަށް ފަހިކޮށްދިނުން،" ނަޖީބު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355