twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޝިޕިން އެޖެންޓުން ރެޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

Aug 16, 2020

މިދިއަ މަހު އެކުލަވައިލި އާ ގަވައިދުގެ ދަށުން، ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީ ކޮށްފައިވާ ކަމުގެ ލިއުން ހުށަހަޅަން ޖެހޭ މުއްދަތު އިތުރު ކޮށްދީފި އެވެ.

މޯލްޑިވްސް ކަސްޓަމަސް ސާވިސް އިން މީގެ ކުރިން ބުނެފައި ވަނީ އެޖެންޓުންގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތައް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީ ވެފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުން ހުށަހަޅަން ދިން މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ ކަމަށެވެ. ނަމަވެސް، ކަސްޓަމުން އިއްޔެ ވަނީ އެ ލިޔުން ހުށަހަޅަންޖެހޭ މުއްދަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްދީފަ އެވެ.

ޝިޕިން އޭޖެންސީއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދެވޭނީ، ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކުގެ ތެރެއިން ކުންފުނީގެ މަގުސަދުގެ ތެރޭގައި ހިމެނޭ ކުންފުނިތައް ކަމަށް އެ ގަވައިދުގައި ބުނެފައިވެ އެވެ.

ޝިޕިން އޭޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރާއި ކޮންސައިނީ މުދަލެއް ހަވާލުކޮށް އެ މުދާ އެންމެ ފަހު ބަނދަރަށް ބޭލުމާ ހަމަޔަށް ދައްކަން ޖެހޭ އެންމެހައި ފައިސާ ދައްކަން ވާނީ ޝިޕިން އޭޖެންޓް ނުވަތަ ފުރައިޓް ފޯވަޑަރެވެ.

އާ ގަވައިދުގެ ދަށުން ތަފާތު އެކި ނަންނަމުގައި ބޭރުގެ އެޖެންސީތަކުން ފީ ނެގުން ވަނީ ހުއްޓުމަކަށް ގެނެސްފަ އެވެ.

މަވެސް ޝިޕިން ޑޮކިއުމަންޓަށް ބަދަލެއް ގެންނަން ޖެހިއްޖެ ނަމަ، އެކަމަށް ކުރިން ކަނޑައަޅައިފައިވާ އަގަކާއި ޑެލިވަރީ އޯޑަރަށް އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަވެގެން 500 ރުފިޔާގެ ފީ އެއް ނެގިދާނެ ކަމަށް ގަވައިދު ބުނެ އެވެ.

މީގެ އިތުރުން އެޖެންޓެއް މެދުވެރިވެގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި އުޅަނދު ދަތުރުކުރާއިރު ދިމާވާ ނުރައްކައުތެރި ހާދިސާތަކާއި ތިމާވެށްޓަށް ގެއްލުން ލިބޭ ފަދަ ކަންކަމުގައި ސަލާމަތީ ބާރުތަކަށް ދޭންޖެހޭ އެންމެހައި އެހީތެރިކަން ދިނުމާއި، އޭޖެންޓުގެ އިހުމާލުން ހިނގާ ކަންކަމުގައި ދެވަނަ ފަރާތަކަށް ލިބޭ ގެއްލުންތައް ހައްލުކޮށްދިނުމުގައި އޭޖެންޓު މަސައްކަތް ކޮށްދޭންވާނެ ކަމަށް ވެސް ގަވައިދު ބުނެ އެވެ.

މި ގަވާއިދާ ހިލާފުވާ ފަރާތްތައް 10،000 ރުފިޔާ އިން ޖޫރިމަނާކުރާނެ އެވެ. އަދި އެކަން ތަކުރާރު ނުކުރުމަށް ލިޔުމުން އަންގާނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355