twitterviber whatsapp telegramfacebookyoutube instagram
11th July 2025

ދަރަނި ނަގައިގެން ބްރިޖް އަޅާއިރު ރަށްރަށުގެ ނަރުދަމާއެއް ނެތް

Aug 17, 2020

މާލެ ސަރަހައްދުގައި ބްރިޖުތައް އަޅާއިރު ގިނަ ރަށްރަށުގައި ނަރުދަމާ ނިޒާމް ގާއިމް ކުރެވިފައި ނެތްކަމަށާއި އަރައި ފޭބުންވެސް އެހާ ދަތިތަކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަތިމަތީން ދަރަނި ނަގައިގެން މާލެ ސަރަހައްދުގައި ބުރިޖުތައް އަޅާ ފުރާލާއިރު ގިނަރަށްރަށުގެ މީހުންނަށް އަދިވެސް މަޖުބޫރުވެފައި އޮތީ ނަރުދަމާގެ ނިޒާމު ނެތުމުގެ ސަބަބުން ތަޣައްޔަރު ވެފައިވާ ނަޖިސްފެން ބޮލަށް އަޅާލަ އަޅާލަ ތިބެން ކަމަށާއި އަނެއްބައި ރަށްރަށުގައި އަރާފޭބުން އެހާ ދަތިކަމަށެވެ.

އަލީ ހުސެއިން މިހެން ވިދާޅުވި އިރު މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލަދޭ ބްރިޖްގެ އެޅުމަށް ނެދަލޭންޑް ކުންފުންޏަކާއި ހަވާލުކޮށްގެން ސާވޭގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ބްރިޖްގެ ސައްކަތް ކުރުމަށް ހަވާލު ކުރުމަށް ހަމަޖެހިފައި ވަނީ އިންޑިއާ ކުންފުންޏަކާއި ކަމަށް ޕްލޭނިންގ މިނިސްޓްރީން މީގެ ކުރިން ވިދާޅުވެފައިވާއިރު މި ބްރިޖް އެޅުމަށް އިންޑިޔާއިން ވަނީ ދާދި ފަހުން 500 މިލިއަން ޑޮލަރުގެ އެހީއެއްވެސް ދޭން ނިންމާފައެވެ.

އެގޮތުން މާލެ، ވިލިނގިލި، ތިލަފުށީ އަދި ގުޅީފަޅު ގުޅާލުމަށް ތިން ބްރިޖް ހެދުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުން ކުރިން ވިދާޅުވެފައި ވަނީ ބްރިޖްގެ މަޝްރޫ އަށް 488 މިލިޔަން ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 2023 ވަނަ އަހަރަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355