twitterviber whatsapp telegramfacebookyoutube instagram
11th July 2025

ސްޓްރޯކް ޖެހޭ މީހުންނަށް ހާއްސަ ސެންޓަރެއް އައިޖީއެމްއެޗުގައި ހުޅުވައިފި

ޚަދީޖާ އާދަމް
Aug 18, 2020
1

ސްޓްރޯކް ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް އައިޖީއެމްއެޗުގައި ހުޅުވައިފި އެވެ.

ހޮސްޕިޓަލުން ބުނީ ސްޓްރޯކް ޖެހޭ މީހުންނަށް ލިބެން ޖެހޭ ފަރުވާ އަވަސްވެ އެ މީހުން ގާތުން ބެލެހެއްޓުމަށް މި ސެންޓަރުގެ ސަބަބުން މަގުފަހި ވާނެ ކަމަށެވެ. އަދި އަވަސް ފަރުވާ ލިބުމަކީ ފުރާނައަށް ގެއްލުންވާ މިންވަރު ކުޑަވާނެ ކަމެއްކަން އައިޖީއެމްއެޗުން ފާހަގަކުރި އެވެ.

މި ސެންޓަރަކީ މުސްތަގުބަލުގައި ރާއްޖޭގައި އެޑްވާންސް ސްޓްރޯކް ސެންޓަރެއް ގާއިމްކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.

ސްޓްރޯކް ޖެހިފައި ރަނގަޅުވަމުން އަންނަ މީހުންނަށް ސްޕީޗް ތެރަޕީ ދިނުމާއި ފިޒިއޮތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީގެ ހިދުމަތް ވެސް މި ސެންޓަރުން ލިބޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ 24 ގަޑިއިރު ފަރުވާ ދެވޭ ގޮތަށް ހުޅުވި މި ސެންޓަރުގައި ހުންނާނީ ހަ އެނދު ކަމަށާއި އޭގެ ތެރެއިން ދެ އެނދަކީ ވެންޓިލޭޓަރުގައި ފަރުވާދިނުމަށް ހާއްސަ ދެ އެނދު ކަމަށެވެ.

ސްޓްރޯކް ޖެހޭ މީހުންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނާއި މެދު އުމުރުގެ މީހުން ކަމަށް ވިޔަސް ދިވެހިންގެ ތެރޭގައި މިހާރު ޒުވާނުންނަށް ވެސް މިފަދަ ސިއްހީ ނުރައްކާތައް ކުރިމަތިވުން އަންނަނީ އިތުރުވަމުންނެވެ.

ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ސްޓްރޯކް ފަދަ ބަލިތަކަށް ދިވެހިން ހުށަހެޅުމުގެ މައިގަނޑު ސަބަބަކީ ދިރިއުޅުން ހުންނަ ގޮތާއި ކެއިން ބުއިމުގެ ވައްޓަފާޅި ގެންގުޅޭ ގޮތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355