twitterviber whatsapp telegramfacebookyoutube instagram
16th May 2025

ޑރ މުހައްމަދު އިބްރާހިމާއި، އަލީ ރަޝީދުގެ ނަން މަޖިލީހަށް ފޮނުވައިފި

ޚަދީޖާ އާދަމް
Aug 19, 2020
1

ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހދ.ކުޅުދުއްފުށީ ފިނިފެންޖަންބުގެ ޑރ.މުހައްމަދު އިބްރާހިމް، އަދި ދަފްތަރު ނަންބަރު ރސ 2302، އަލްއުސްތާޛު އަލީ ރަޝީދު ހުސެއިން އައްޔަން ކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އިން މަޝްވަރާ ދެއްވާފައިވާތީ އެ ދެބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވައިފި އެވެ.

މި ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހާމަ ކުރައްވާ ކުރެއްވި ޓްވީޓު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މި ދެބޭފުޅުން އައްޔަށް ކުރުމަށް ޖޭއެސްސީން ލަފާ ދެއްވާފައިވާތީ މި ދެ ބޭފުޅުންގެ ނަން މިއަދު މަޖިލީހަށް ފޮނުއްވާފައި ވާކަމަށެވެ.

މި ދެ ބޭފުޅުންގެ ނަން ރައީސް ޖޭއެސްސީއަށް ފޮނުވާފައިވަނީ މި އޮގަސްޓް މަހުގެ 6 ވަނަ ދުވަހުއެވެ.

ޑރ. މުހައްމަދަކީ އިސްލާމިކް ކޮމާޝިއަލް ލޯ ދާއިރާއިން ޔުނިވާސިޓީއިން އޮފް މެލޭޝިއާއިން ޑޮކްޓަރު އޮފް ފިލޯސޮފީ އާއި އިންޓަނޭޝަނަލް އެންޑް ކޮމާޝަލް ލޯގެ ދާއިރާއިން އިނގިރޭސިވިލާތުން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާތާ 16 އަހަރުވެފައިވާއިރު ހައްޖު ކޯޕްރޭޝަންގެ ބިލާ ޓެނެންސީ ބިލް އެކުލަވާލުމުގައި ޑރ.މުހައްމަދު ވަނީ މަސައްކަތް ކުރައްވާއެވެ.

އަދި ޑރ.މުހައްމަދަކީ އިސްލާމިކް ޔުނިވާރސިޓީގެ ކައުންސިލް މެންބަރެއްގެ އިތުރުން އެޑްވައިޒަރީ ކޮމިޓީ އޮފް ދަ ފެކަލްޓީ އޮފް ޝަރިއްޔާ އެންޑް ލޯގެ މެންބަރެއްވެސް މެއެވެ. އަދި ފުރަތަމަ މަސައްކަތާއި ގުޅިވަޑައިގަތް ޕްރިމިއާ ޗެންބާސް ލޯ ފާމްގެ އެއް ޕާޓްނަރެއްވެސް މެއެވެ.

އަލްއުސްތާޛު އަލީ ރަޝީދު ހުސެއިން މިވަގުތު އަދާކުރައްވަމުން ގެންދަވަނީ ކްރިމިނަލް ކޯޓުގެ ގާޒީގެ މަގާމެވެ. މީގެ އިތުރުން ކްރިމިނަލް ކޯޓު ގެ ފަނޑިޔާރުކަމާއި، ސިވިލް ކޯޓުގެ ގެ އިސް ގަޒީ ކަމުގެ އިތުރުން ޑްރަގް ކޯޓުގެ ފަނޑިޔާރު ކަންވެސް ވަނީ މީގެ ކުރިން ވަނީ އަދާ ކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355