twitterviber whatsapp telegramfacebookyoutube instagram
2nd May 2026

ކޭބީސީގެ ޕްރޮމޯ ޝޫޓިންނަށް އަމީތާބު ތައްޔާރު

ޚަދީޖާ އާދަމް
Aug 23, 2020

ބޮލީވުޑްގެ އެކްޓަރު އަމީތަބު ބައްޗަން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހޮސްޕިޓަލްގައި އެޑްމިޓްކުރީ މިދިޔަ ޖުލައި މަހު 11 ވަނަ ދުވަހުއެވެ. ޕޮޒިޓިވްވި އިރު އަމީތާބު އައީ އޭނާ ހުށައަޅައިދޭ "ކޯން ބަނޭގާ ކަރޯޑްޕަތީގެ" (ކޭބީސީ) ޕްރޮމޯޝަންގެ މަސައްކަތް ވެސް ކުރަމުންނެވެ.

ފަރުވާއަށް ފަހު ނަތީޖާ ނެގެޓިވްވުމުން މިމަހުގެ 3 ވަނަ ދުވަހު ގެއަށް ދޫކޮށްލާފައިވާއިރު އަލުން ކޭބީސީގެ ޝޫޓިން ފަށަން ތައްޔާރުކަމަށް އަމީތާބު ވަނީ ބުނެއެވެ. އެނާގެ ބްލޮގްގައި ލިޔެފައިވަނީ ކޭބީސީގެ ތައްޔާރީތަކާއި، ޕްރޮމޯޝަން ޝޫޓިންގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުކަމަށާއި ހުރިހާ މަސައްކަތެއްވެސް ކުރާނީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއްވެސް އަޅައިގެން ކަމަށެވެ.

އޭނާވަނީ ކޭބީސީ ޕްރޮމޯޝަން ޝޫޓިން އަމިއްލައަށް ގޭގައިވެސް ޝޫޓްކޮށްފައެވެ. ލޮކްޑައުންގެ ތެރޭގައިވެސް ކޭބީސީގެ މަސައްކަތް އަމީތާބު ވަނީ ކޮށްފައެވެ.

ކޮވިޑް ޖެހިގެން އަމީތާބު އެޑްމިޓްކުރި ފަހުން ބައްޔަށް ޕޮޒިޓިވް ވެގެން ދަރިފުޅު އަދި މަޝްހޫރު އެކްޓަރު އަބީޝެކް ބައްޗަންއާއި އަނބިމީހާ ބަތަލާ އައިޝްވަރިޔާ ރާއީ އަދި އެމީހުންގެ ދަރިފުޅު އާރާދިޔާ ވެސް ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި އެވެ.

އަމީތާބުގެ ގެއަށް ކޮރޯނާ ވައިރަސް ވަން ގޮތެއް އަދި ނޭނގެ އެވެ. އެމީހުންނަށް ބަލި ޖެހެން މެދުވެރިވީ ސަބަބު އެ އާއިލާގެ އެއްވެސް މީހަކު ހާމަ ކޮށްފައެއް ނެތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355