twitterviber whatsapp telegramfacebookyoutube instagram
23rd February 2026

މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް ވިޔަފާރި ކުރެވޭގޮތް ހަދަނީ

ޚަދީޖާ އާދަމް
Aug 23, 2020

މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށް ވިޔަފާރި ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމިޓީތަކުން ނިންމައިފި އެވެ.

އެގޮތަށް ފާސްކޮށްފައިވަނީ މިނިވަން މުއައްސަސާތަކުގެ ގާނޫނުތަކަށް ގެންނަން ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތައް ކޮމިޓީތަކުން ދިރާސާ ކުރުމަށް ފަހު އެވެ.

މިނިވަން މުއައްސަސާ ކޮމިޓީއިން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނު އަދި ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ކޮށްފައި ވާއިރު 3 ބިލުވެސް ފާސްކޮށްފައިވަނީ ވަކިވަކިން ވޯޓަށް އަހައިގެންނެވެ.

މި އިސްލާހާއެކު އެންޓިކޮރަޕްޝަން ކޮމިޝަންގެ މެމްބަރުންނާއި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުން އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނަވާ ބޭފުޅުންނާއި އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނަވާ ބޭފުޅުންނަށް ވިޔަފާރި ކުރެވޭނެ އެވެ.

އެެހެން ނަމަވެސް، އެ ކޮމިޝަނެއްގެ މެމްބަރުންގެ ދާއިރާ ނުގުޅެނީ ކޮން ކޮން ވިޔަފާރިއެއް ކަމެއް ބިލަކުން އެނގޭކަށް ނެތެވެ.

އޭގެ އިތުރުން އެ ކޮމިޝަންތަކުގެ މެމްބަރުން މާލީ ބަޔާން އޮޑިޓާ ޖެނެރަލަށް ހުށަހަޅާއިރު އެމީހެއް އިނދެގެން އުޅޭ މީހާއާއި 18 އަހަރު ނުފުރޭ ކުދިންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ގާނޫނުތައް ވަނީ އިސްލާހުކޮށްފަ އެވެ. އެ ކޮމިޝަންތަކުގެ ގާނޫނުތައް މިހާރު އޮތް ގޮތުން މެމްބަރުންގެ އަނބިދަރިންގެ މާލީ ބަޔާން ހުށަހަޅަން ނުޖެހެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355