twitterviber whatsapp telegramfacebookyoutube instagram
11th July 2025

އުތުރުގެ ކުނި ޖަމާ ކުރާ ރަށެއްގެ ގޮތުގައި ކުނބުރުދޫ ކަނޑައަޅައިފި

Aug 23, 2020
3

އުތުުރުގެ ރަށްތަކުގައި އުފެދޭ ކުނި ޖަމާކުރުމަށް ޓްރާންސްފާ ސްޓޭޝަނެއް ހދ ކުނބުރުދޫ ގާއިމްކުުރުމަށް ނިންމާފައިވާ ކަމަށާއި މި ސްޓޭޝަނާއެކު އެސަރަހައްދުގެ ރަތްރަށުގެ ކުނި ޖަމާކުރެވި ޕްރޮސެސްކުރުމުގެ މަސައްކަތް އަވަސް ވެގެންދާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ހުސެއިން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 29 ވަަނަ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު ނަޝީދު ވަނީ ނޮޅިވަރަމްފަރުގެ ކުނި ކޮށީގެ މައްސަލައަށް ހައްލެއް ލިބޭނެ ދުވަހާކާއި ބެހޭގޮތުންވެސް މިނިސްޓަރާ ސުވާލު ކުރައްވާފައެވެ. އަދި އެއްފަހަރު ބޭނުން ކުރުމަށް ފަހު އެއްލާލެވޭ ޕްލާސްޓިކް މައްސަލައާއި ބެހޭގޮތުންވެސް މެންބަރު ސުވާލު ކުރެއްވި އެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ ކުނި ކޮށީގެ މައްސަލަތައް ދިމާވެފައިވާ ރަށްތަކަށް އެމައްސަަލަތައް ހައްލުކުރުމަށް ކައުންސިލްތަކަށް ފައިސާ ހަވާލުކުރުމުގެ މަސައްކަތް ކުރެއްވި ކަަމަށާއި ނަަމަވެސް އެ މަސައްކަތް މަޑުޖައްސާލުމަށް ފިނޭންސް މިނިސްޓްރީން އެންގުމަށް ފަހު ފައިސާ ހަމަނުޖެހި ހުރި ރަށްތަކަށް އަދި ފައިސާ ހަވާލުކުރެވޭ ގޮތް ވެފައި ނުވާކަމަށެވެ.

މީގެ އިތުރުން އެއްފަހަރު ބޭނުން ކުރުމަށް ފަހު އެއްލާލެވޭ ޕްލާސްޓިކް މަދުކުރުމަށް ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް މި އަހަރު ފެށުމަށް ނިންމަވާފައިވާ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355