twitterviber whatsapp telegramfacebookyoutube instagram
17th August 2025

ބަންގްލަދޭޝްގެ އިތުރު 199 މީހަކު ފުރުވާލައިފި

ޚަދީޖާ އާދަމް
Aug 24, 2020

އެނބުރި ގައުމަށް ދާން ބޭނުންވާ ބަންގްލަދޭޝްގެ އިތުރު 199 މީހަކު މިއަދު ފުރުވާލައިފި އެވެ.

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތް މީހުންނާއި އެހެން ސަބަބުތަކާ ހުރެވެސް އެނބުރި ގައުމަށް ދާން ބޭނުން ފުރުވާލުމަށް މޯލްޑިވިއަނުން ދަނީ . ރެޕަޓްރިއޭޝަން ފްލައިޓު ބާއްވަމުންނެވެ،

އެގޮތުން މިހާތަނަށް 32 ފްލައިޓެއް ބާއްވާފައިވާއިރު ބަންގްލަދޭޝްގެ 6،132 މީހަކު ވަނީ އަނބުރާ ގައުމަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ގިނައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސިންނެވެ.

ބިދޭސިން އަނބުރާ ފޮނުވާލާއިރު އެމީހުންގެ ޕޮލިސް ރިޕޯޓު ބަލާ ކަމަށާއި އެމީހުން ފޮނުވާލަނީ ހައިކޮމިޝަނުން ހޯދަން ޖެހޭ ލިޔުންތައް ވެސް ހޯދުމަށް ފަހު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ މި ޓާގެޓަކީ މި އަހަރުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސިން ފޮނުވާލުން ކަމަށެވެ.

މީގެ ކުރިން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލަނީ ބަންގްލަދޭޝް ސަރުކާރާ ގުޅިގެން ކަމަށެވެ. އަދި ގަދަކަމުން ބިދޭސީން ފޮނުވާލެވޭނެ ހާލަތެއް މިވަގުތު ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355