twitterviber whatsapp telegramfacebookyoutube instagram
28th March 2024

ރ އަދި ބ އަތޮޅުންވެސް ޑޮކްޓަރަށް ދެއްކުމަށް ކުޅުދުއްފުއްޓަށް!

ޚަދީޖާ އާދަމް
Aug 26, 2020
2

ކޮވިޑް-19ގެ ހާލަތުގައި ސިއްހީ ހިދުމަތް ހޯދުމަށް މާލެއަށް ދިއުމަށް ދަތިވެފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ އެކި ހިސާބުން ސިއްހީ ހިދުމަތް ހޯދުމަށް އަންނަ މަންޒިލަކަށް ވެފައިމިވަނީ ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލެވެ.

ކ އަތޮޅާއި ޅ އަތޮޅުން ސިއްހީ ހިދުމަތް ހޯދުމަށް ކުޅުުދުއްފުއްޓަށް ހާއްސަ ދަތުުރުތަކެއް ފަށާފައިވާއިރު ރ އަދި ބ އަތޮޅުންވެސް ޑޮކްޓަރަށް ދެއްކުމަށް ކުޅުުދުއްފުއްޓަށް އައުމަށް އަންނަ ސެޕްޓެމްބަރުމަހު ވަނީ ފެރީ ލޯންޗު ދަތުރުތަކެއް ރަވާފައެވެ.

ދަތުރުތައް ރާވާފައިވަނީ މި ދެ އަތޮޅަށް ފެރީ ލޯންޗުގެ ހިދުމަތް ފޯރުކޮށްދޭ ބ އޭދަފުށި، އެޓޯލް ކިއުޓް ފެރީ ސާރވިސްއިންނެވެ.

އެ ލޯންޗުގެ އޮޕިޝަލަކު "ކޭއޯއަށް" މައުލޫމާތު ދެމުން ބުނީ ލޮކްޑައުން ފަހު އެ ލޯންޗުން ފުރަތަމަ ދަތުރުތައް ފެށީ ރ އުނގޫފާރަށް ކަމަށާއި ނަމަވެސް ކުޅުދުއްފުއްޓަށް ދަތުުރުތައް ރޭވީ އުނގޫފާރުން ނުލިބޭ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

އެގޮތުން އަންނަ ސެޕްޓެމްބަރ 2 ވަނަ ދުވަހު އެ ލޯންޗުގ ފުރަތަމަ ދަތުރު ކުޅުދުއްފުއްޓަށް ކުރާނެއެވެ. އަދި ކުޅުދުއްފުށިން އަނބުރަ ދިއުމަށް ހަމަޖެހިފައިވަނީ އެއްދުވަސް ފަހުން 3 ސެޕްޓެމްބަރ ގައެވެ. ލޯންޗު ފެރީގެ ދަތުރު ކުޅުދުއްފުއްޓަށް ބާއްވަމުން އަންނާނީ ކޮންމެ ދެ ހަފްތާއިން އެއްހަފްތާއެވެ. އެހެން ކަމުން ކުޅުުދުއްފުއްޓަށް ކުރާ ދެވަނަ ދަތުރު ސެޕްޓެމްބަރ 16 ގައި އޮންނެކަަމަށް އޮފިޝަލް މައުލޫމާތު ދިނެވެ.

މި ފެރީން ޖުމްލަ 6 ރަށަކަށް ދަތުރު ކުރެއެވެ. އެއީ ރ އަތޮޅުން ދުވާފަރު އަދި އުނގޫފާރެެވެ. އަދި ބ އަތޮޅުން ގޮއެދޫ، ތުޅާދޫ، އޭދަފުށި އަދި ކެންދޫއެވެ. މި ރަށްތަކުގެ އިތުރުން ދަތުުރު އޮންނަ ދުވަސްތަކުގައި ޖާގަ އޮންނަ މިންވަރަކުން އިތުރު ރަށްތަކަށް ފުުރުސަތު ދެވޭނެ ކަމަށް އެ ލޯންޗުން މައުލޫމާތު އެވެ. އެގޮތުން ކުޅުުދުއްފުށިން ފުރާއިރު އިތުރު ޖާގަ ހުރިނަމަ ކުޅުދުއްފުށިން ރަށްރަށަށް ދާން ބޭނުންވާ ފަރާތްތަކަށްވެސް އެފުރުސަތު ލިބޭނެ ކަމަށް އޮފިޝަލް ބުންޏެވެ.

މި ލޯންޗުން ރ އަތޮޅުން ކުޅުުދުއްފުއްޓަށް ދެކޮޅަށް ޓިކެޓުގެ އަގަގީ 900 ރުފިޔާ އަދި ބ އަތޮޅުން ކުޅުދުއްފުއްޓަށް އައުމަށް ދެކޮޅު ޓިކެޓުގެ އަގަގީ 800 ރުފިޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355