twitterviber whatsapp telegramfacebookyoutube instagram
18th August 2026

ހަނާއަށް އެހީތެރިވުމަށް ބިލީފުން ހާއްސަ ހަރަކާތެއް

ޚަދީޖާ އާދަމް
Aug 26, 2020
1

ނުރައްކާތެރި ބައްޔެއްކަމަށް ވާ ހެމަރެޖިކް ޓެލެޖެކްޓޭސިއާ ގެ ވޭން ތަހައްމަލް ކުރަމުންދާ ހަނާ އުމަރަށް އެހީތެރިވުމަށް ބިލީފްއިން ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

ކުޅުދުއްފުށީގައި މިހާރު އެންމެ ފޯރީގައި ކުރާ އެއްކަންތައް ކަމަށްވާ ކުޅީގައި ކެނޯ ދުއްވުމަށް ބިލީފުން މިވަނީ ފޮޓޯ ނެގުމުގެ ފުރުސަތާއެކު ހާއްސަ 3 ޕެކޭޖެއް ހުޅުވާލާފަ އެވެ. މި ހަރަކާތުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ހަނާގެ ސިއްހީ ހަރަދުތަކަށެވެ.

އެގޮތުން 30 މިިނެޓުގެ ޕެކޭޖަށް ފޮޓޯ ނެގުމަށް ނަގަނީ 150 ރުފިޔާއެވެ. 1 ގަޑިއިރު ގެ ޕެކޭޖަށް ފޮޓޯ ނެގުމަކަށް 300 ރުފިޔާ އަދި ޑްރޯން ފޮޓޯ ނެގުމަށް 200 ރުފިޔާއެވެ.

މި ހަރަކާތް ކުރިއަށްގެންދިުއމަށް ހަމަޖެހޮފައިވަނީ 27 އޮގަސްޓުން 29 އޮގަސްޓަށެވެ. ބުކިން 9966490 ނަންބަރާ ގުޅުމުން ހަމަޖެހިގެން ދާނެއެވެ.

ހެރެޑިޓަރީ ހެމަރެޖިކް ޓެލެޖެކްޓޭސިއާ ނުވަތަ އެޗްއެޗްޓީއަކީ ވާރުތަ ކުރާ ބައްޔެކެވެ. މި ބަލީގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތަކުން ހުއްޓުމެއް ނެތި ލޭއައިސް ހަށިގަނޑުގެ ތަންތަން ނޫފައިގަތުން ފަދަމައްސަލަ ދިމާވެފައެވެ. މިވަގުތުވެސް ހަނާ ވަނީ އިތުރު ފަރުވާއަށް މާލެ ގެންގޮސްފައެވެ.

ހަނާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް:

  • ހުސްނާ މުޙައްމަދުގެ އެކައުންޓް ނަންބަރު 7730000031313
  • ހުސްނާއަށް ގުޅޭނެ ނަންބަރު: 9101234 / 7860170
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355