twitterviber whatsapp telegramfacebookyoutube instagram
20th April 2024

ތިލަދެކުނު މަލަސް ނަމުގެ ކުރިއަށްގެންދިޔަ ޅެން ހެދުމުގެ ޕްރޮގުރާމް ނިންމާލައިފި

އަބްދުލް ވާހިދު ޙަސަން
Aug 28, 2020
2

ހދ އަތޮޅުގެ ދިހަ ސްކޫލަކަށް ހުޅުވާލައިގެން "ތިލަދެކުނު މަލަސް" ގެ ނަމުގައި ކުރިއަށްގެންދިޔަ ޅެން ހެދުމުގެ ކޯސް ނިންމާލައިފި އެވެ. އޮންލައިންކޮށް ކުރިއަށްގެންދިޔަ މި ކޯހުގައި ޅެން ހެދުމުގެ އަސާސީ ހުނަރުތައް ކިޔަވައިދީފައިވެ އެވެ.

ހދ އަތޮޅުގެ ދިހަ ސްކޫލެއްގެ ޕްރިންސިޕަލުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި އޮންލައިން ޕްރޮގުރާމުގައި ބައިވެރިކޮށްފައިވަނީ އެ ސްކޫލުތަކުގެ ދަރިވަރުންނެވެ.

އެގޮތުން ނޮޅިވަރަމް ސްކޫލާއި މަކުނުދޫ ސްކޫލާއި ނޮޅިވަރަންފަރު ސްކޫލާއި ހަނިމާދޫ ސްކޫލް، ފިނޭ ސްކޫލް، ނައިވައިދޫ ސްކޫލް، ހިރިމަރަދޫ ސްކޫލް، ކުރިނބީ ސްކޫލް، ކުމުންދޫ ސްކޫލް، ނެއްލައިދޫ ސްކޫލެވެ. މި ދިހަ ސްކޫލުން 125 ދަރިވަރުން ބައިވެރިވި އެވެ. މި ޕްރޮގުރާމުގައި ބައިވެރިކޮށްފައިވަނީ 8 މަތީގެ ދަރިވަރުންނެވެ.

ރޭ އޮންލައިންކޮށް ބޭއްވި ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޤައުމީ އަރުޝީފްވެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު އާމިރު އަހުމަދު (ފަރެސް) އެވެ.

މިމަހު 18 އިން 26 އަށް ކުރިއަށްގެންދިޔަ މި ޕްރޮގުރާމް ކުރިއަށްގެންގޮސްފައިވަނީ އީސަ އޮންލައިން ޕޮއިޓްރީއާ ގުޅިގެންނެވެ.

މިއީ ހދ އަތޮޅުގައި ގިނަ ރަށްތަކެއްގެ ސްކޫލް ދަރިވަރުން ބައިވެރިވެގެން މިގޮތަށް ހިންގުނު ފުރަތަމަ އުނގެނުމުގެ ހަރަކާތްކަން ފާހަގަކުރައްވަމުން މި ޕްރޮގުރާމް ހިންގުމުގައި އިސްކޮށްއުޅުއްވި ކުމުންދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު އާދަމް ކޭއޯއަށް ވިދާޅުވީ، މިއީ ވަރަށް ކާމިޔާބު ޕްރޮގުރާމެއް ކަމަށެވެ. އަދި މި ޕްރޮގުރާމް ކުރިއަށްގެންދިޔުމަށް އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް އޭނާ ވަނީ ޝުކުރުއަދާކުރައްވާފައި އެވެ.

މި ކޯހުގައި ކިޔަވައިދެއްވީ ކުރީގެ މަޝްހޫރު ޑައިރެކްޓަރ އަދި މިހާރު ރާއްޖޭގެ މަޝްހޫރު ޅެންވެރިޔާ އީސާ ޝަރީފެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355