twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުޅުދުއްފުށިން ބިމެއް އިންޑިޔާއަށް ވިއްކާލަން އުޅޭކަމަށްބުނެ މުޒާހަރާކޮށްފި

އަބްދުލް ވާހިދު ޙަސަން
Aug 28, 2020
1

ކުޅުދުއްފުށި ސިޓީއިން އިންޑިޔާއަށް ބިމެއް ވިއްކާލަން އުޅޭކަމަށްބުނެ ސަރުކާރާ ދެކޮޅަށް ކުޅުދުއްފުށީގައި ބަޔަކު މުޒާހަރާކޮށްފި އެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ އަމީނީމަގުގައި ކުރިއަށްދިޔަ މި މުޒާހަރާގައި އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ދިދައެއް، ކުލައެއް ބޭނުންކޮށްފައިނުވިނަމަވެސް މުޒާހަރާގައި ތިބީ އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ ފަރާތްތަކުންނެވެ. އޭގެ ތެރޭގައި އެ އެ ޕާޓީން ކުރިއަށްއޮތް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންވެސް ފެނިގެންދިޔަ އެވެ.

"ރާއްޖެ ވިއްކާލުމާ ދެކޮޅު" މި ޝިއާރުގެ ދަށުން ކުރިއަށްދިޔަ މި ހިނގާލުމުގައި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އަޑުއުފުލާފައިވާއިރު ސަރުކާރާ ދެކޮޅު ލިޔުންތައްވެސް ގެންގުޅިފައިވެ އެވެ.

މުޒާހަރާގެ ތެރޭގައި ވާހަކަދެއްކި ފަރާތްތަކުން ގޮވާލާފައިވަނީ އިންޑިޔާއަށް ކުޅުދުއްފުށިން ބިމެއް ވިއްކާލަން އުޅޭ ކަމަށާ އެކަން ހުއްޓާލުމަށް ގޮވާލާފަ އެވެ. މަސައްކަތްކުރަނީ ފަސްލައްކަ އަކަފޫޓަށް ވުރެ ބޮޑު ބިމެއް ވިއްކާލުމަށް ކަމަށެވެ. އަދި ޒުވާނުންނަށް ގޯތި ދިނުމަށް ބޭނުންވާ ބިންތައް "ވިއްކާލުމުން" ރައްޔިތުން އުޅޭނީ ކިހެނެތްތޯވެސް އެފަރާތްތަކުން ވަނީ ސުވާލުުއުފައްދާފައި އެވެ.

ހަނިމާދޫ އެއާޕޯޓްގައި އޮންނަ އަސްކަރީ މަތިންދާބޯޓެއް ބަލަހައްޓަން އެރަށުން 30 އަށްވުރެ ގިނަ ގޯތި އިންޑިޔާއިން ކުއްޔަށް ހިފަން އުޅޭ ކަމަށާއި ބޭރުގެ އަޅުވެތިކަމަށް ގައުމު ވައްޓާނުލުމަށް މުޒާހަރާގެ ބައިވެރިން ގޮވާލާފައި އެވެ.

ކައުންސިލާއި ސަރުކާރުގެ އިސްތިއުފާއަށްވެސް މުޒާހަރާގެ ބައިވެރިންވަނީ ގޮވާލާފައި އެވެ. މިއަދު މުޅި ރާއްޖޭގައި އިދިކޮޅުން ވަނީ މުޒާހަރާކޮށްފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355