twitterviber whatsapp telegramfacebookyoutube instagram
10th June 2026

"މަސައްކަތް ކުރަނީ ފުރަބަންދަކަށް ނުގޮސް ކޮވިޑުން އަރައިގަނެވޭތޯ"

ޚަދީޖާ އާދަމް
Aug 29, 2020

މަސައްކަތް ކުރަނީ ފުރަބަންދަށް ނުގޮސް ކޮވިޑް 19 އިން އަރައިގަނެވޭތޯ ކަމަށާއި އެހެން ނަމަވެސް އެކަން ކުރަން ޖެހިއްޖެ ނަމަ ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިރޭ މާލޭގެ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑް19އިން ރައްކާތެރިވުމަށްޓަކައި ރައްޔިތުންގެ ހައްގުގައި އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.

ނަމަވެސް މުޅި ގައުމު ބަންދުކުރަން ޖެހިއްޖެ ނަމަ ރައްޔިތުންނަށް އެތަކެއް އުދަނގޫތަކެއް ވާނެ ކަމަށާއި އެހެން ކަމުން ސަރުކާރުން މަސައްކަތް ކުރަނީ ވީވަރަކުން އެކަން ނުކޮށް ކޮވިޑުން އަރައި ގަނެވޭތޯ ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންކަމުން އެޗްޕީއޭ އިން ދެއްވާ އިރުޝާދުތަކަށް ރައްޔިތުން އަމަލު ކުރުން މުހިއްމުކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރާއްޖޭގައި އަދިވެސް ދުވާލަކަށް 100 އިން މަތން ކޮވިޑް ކޭސްތައް ދަނީ ފެންނަމުންނެވެ. އިއްޔެވެސް 140 މީހުން ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 114 މީހުންނަކީ ދިވެހިންނެވެ ރާއްޖޭން ޖުމްލަ ޕޮޒިޓިވްވި އަދަދު ވަނީ 7،400 އަރާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355