twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް ފެނަކައިން އަވަދިނެތި

އަބްދުލް ވާހިދު ޙަސަން
Aug 30, 2020
2

ކުޅުދުއްފުށި ސިޓީގެ ކަރަންޓް ހާލަތު ރަނގަޅުކުރުމަށް މިއަހަރުގެ މިހާތަނަށް ފެނަކަ ކޯޕަރޭޝަނުން ގިނަ މަސައްކަތްތަކެއް ކޮށްފި އެވެ.

މިއަހަރުގެ މިހާތަނަށް ކުޅުދުއްފުށީގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް ފެނަކަ އިން ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު މިއަހަރު ވަނީ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް 800 ކިލޯވޯޓްގެ ދެ ޖަނަރޭޓަރު ސެޓް ގެނެސް އިންސްޓޯލްކޮށްފައި އެވެ.

ފެނަކަ ކޯޕަރޭޝަނުން ކޭއޯއާ ހިއްސާކުރި މައުލޫމާތުގައި ވާގޮތުގައި މިއަހަރު ވަނީ ކުޅުދުއްފުށީ އިންޖީނުގޭގައި ދެ ބެޑް ހިމެނޭގޮތަށް އިމާރާތެއްވެސް ހަދާފައި އެވެ. އަދި އެއް ސަބްސްޓޭޝަން އިމާރާތް މިހާރު އަޅާ ނިންމާލާފައިވާއިރު ވޯލްޓޭޖް ޑްރޮޕްވާ ސަރަހައްދުތަކުގައި ތެރެއިން އެއް ނަމްބަރު ސްބްސްޓޭޝަން ހިދުމަތް ދީފައިވާ ސަރަހައްދުގެ ނެޓްވޯކް ރަނގަޅުކުރުމަށް 95 ސްކޮޔަރ މިލިމީޓަރުގެ 265 މީޓަރު ކޭބަލް ވަޅުލާފައިވެ އެވެ.

މީގެ އިތުރުން 1000 ކިލޯވޯޓް ތިން އިންޖީނު ސާރވިސްކުރިއިރު 800 ކިލޯވޯޓްގެ ދެ އިންޖީނު ސާރވިސްކޮށްފައިވެ އެވެ. އަދި 1000 ކިލޯވޯޓްގެ ހަތަރު އިންޖީނުގެ ޑައިނަމޯ ސާރވިސް ކޮށްފައިވާއިރު 800 ކިލޯވޯޓްގެ ދެ އިންޖީނުގެ ޑައިނަމޯ ސަރވިސް ކޮށްފައިވެ އެވެ.

އަދި އިންޖީނުގެ ގޯތި ތެރޭގައި ސްޓެޕްއަޕް ޓްރާންސްފޯމަރެއް ބެހައްޓާފައިވާއިރު ޑިސްޓްރިބިއުޝަން ނެޓްވޯކްގައި ބޭނުންކުރަމުން އަންނަ ކޭބަލްތަކުގެ ތެރެއިން މިހާރަށް އެކަށީގެންނުވާ ސައިޒުގެ ކޭބަލް ހުރި ތަންތަނުގެ ކޭބަލް ބަދަލުކުރުމަށް ނެޓްވޯކް އިތުރަށް ފުޅާކުރުމުގެ ގޮތުން 5015 މީޓަރުގެ އެލްވީ ކޭބަލް ވަޅުލި އެވެ.

ކުޅުދުއްފުށި ސިޓީގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމުގެ ގޮތުން މިހާރުވެސް ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ދަނީ ކުރަމުންނެވެ. އެގޮތުން ޑިސްޓްރިބިއުޝަން ވިއުގަ އަޕްގުރޭޑްކުރުމަށް 500 ކިލޯވޯޓްގެ ސްޓެޕްޑައުން ޓްރާންސްފޯމަރަކާއި 2000 ކިލޯވޯޓްގެ ސްޓެޕްޑައުން ޓްރާސްފޯމަރެއް ބަހައްޓާ އިންސްޓޯލްކުރުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ.

ރަށުގެ ވޯލްޓޭޖް ޑްރޮޕްވާ ސަރަހައްދުތަކުގެ ތެރެއިން 2 ނަމްބަރާއި ތިން ނަމްބަރު އަދި ހަތަރު ނަމްބަރު ސަބްސްޓޭޝަނުން ހިދުމަތް ދީފައިވާ ސަރަހައްދުގެ ނެޓްވޯކް ރަނގަޅުކުރުމަށް 5000 މީޓަރުގެ ކޭބަލް ވަޅުލުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް ފެނަކަ އިން މައުލޫމާތުދެ އެވެ. ފެނަކަ އިން ބުނީ އެޗްވީ ނެޓްވޯކް ރަނގަޅުކުރުމަށްޓަކައި އެޗްވީ 70 ސްކޮޔަރ މިލިމީޓަރުގެ 1995 މީޓަރުގެ ކޭބަލް ވަޅުލުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ފެނަކަ އިން ކުޅުދުއްފުށިގައި ކުރިއަށްގެންދާ އިތުރު މަސައްކަތްތަކަށް ބަލާލާއިރު ޑިސްޓްރިބިއުޝަން ނެޓްވޯކުގެ ވޯލްޓޭޖް ރަނގަޅުކުރުމަށް އިތުރު ސަންސްޓޭޝަނެއް އިމާރާތްކޮށް އެތަނުގައި ޓްރާންސްފޯމަރެއް އިންސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށްއެބަދެ އެވެ. އަދި ހައިވޯޓޭޖް ނެޓްވޯކް ފުޅާކުރުމަށް 1995 މީޓަރުގެ އެޗްވީ ކޭބަލް ވަޅުލުމަށް ކުރަން ޖެހޭ މަސައްކަތައްވެސް މިހާރު ދަނީ ކުރަމުންނެވެ.

މީގެ އިތުރުން ޑިސްޓްރިބިއުޝަން ނެޓްވޯކްގައި ކުރިން ހުރި ފޮށިތަކުގައި ތެރެއިން ހަލާކުވެފައިބާ ފޮށިތަކާއި ސައިޒްކުޑަވުމުގެ ސަބަބުން ބޭނުން ނުކުރެވޭ ފޮށިތައް ބަދަލުކުރުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ. އެގޮތުން މި ޕްރޮޖެކްޓްގެ ފުރަތަމަ މަރުހަލާގައި 64 ފޮއްޓެއް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައި އެވެ.

ފެނަކަ އިން މިހާރުވެސް އަންނަނީ ކުޅުދުއްފުށީގައި އާ ޕްރީފެބްރިކޭޓެޑް އިންޖީނުގެ އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ މަސައްކަތް ކުރުމަށް ބަޔަކާ މިއަހަރުގެ މާރޗުމަހު ވަނީ ހަވާލުކުރެވިފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355