twitterviber whatsapp telegramfacebookyoutube instagram
19th June 2026

ކުޅުދުއްފުށީގެ ސްކޫލްތައް ބަންދުކޮށްފި

Aug 29, 2020

ކުޅުދުއްފުށީ ރީނަޖަލް ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެ ފޮނުވާލި ކުއްޖެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ކުޅުދުއްފުށީގެ ސްކޫލްތައް ބަންދުކޮށްފި އެވެ.

އެޑިއުކޭޝަންގެ އޮފިޝަކު ކޭއޯއަށް ވިދާޅުވީ، ކަރަންޓީނުގެ ހާލަތުން ރަށް ނަގަންދެން ސްކޫލުތަކުގެ ކިޔެވުންތައް ބަންދުވާނެ ކަމަށެވެ. ސްކޫލްތަކުގެ ކިޔެވުން ދެން ފެށޭނީ މޮނިޓަރިންގ ނެގީމަކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އެ މައުލޫމާތުތައް ސްކޫލްތައް މެދުވެރިކޮށް ބެލެނިވެރިންނަށް ފޯރުކޮށްދެމުންގެންދާކަމަށް އޮފިޝަލް ވިދާޅުވި އެވެ. ކުޅުދުއްފުށި ސިޓީގައި ސަރުކާރުގެ ތިން ސްކޫލް ހުރެ އެވެ.

ކުޅުދުއްފުށިން މާލެއަށް އިތުރު ފަރުވާއަށް ފޮނުވާލި 7 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު އައިޖީއެމްއެޗުން ހެދި ފުރަތަމަ ޓެސްޓުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355