twitterviber whatsapp telegramfacebookyoutube instagram
12th October 2026

ކޭއާރުއެޗުގެ އޯޕީޑީ ހިދުމަތް މެދުކަނޑާލައިފި

Aug 29, 2020

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީގެ ހިދުމަތް އަނެއްކާވެސް މެދުކަނޑާލައިފި އެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެ ފޮނުވާލި 7 އަހަރުގެ ކުއްޖަކު އައިޖީއެމްއެޗުން ހެދި ފުރަތަމަ ޓެސްޓުން ކޮވިޑަށް ޕޮޒިޓިވްވުމާއެކު ކުޅުދުއްފުށި ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން މޮނިޓަރިންގއަށް ލާފައި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދޫ މިރޭ ކޭއޯއަށް ވިދާޅުވީ، އޯޕީޑީގެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށާއި ޑޮކްޓަރަށް ދައްކަން އަންނަ ބޭނުންވާ ފަރާތްތަކުން އެރަށްރަށުގެ ހެލްތް ސެންޓަރުތައް މެދުކޮށް، ކުޅުދުއްފުއްޓަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

އެކަމަކު ކޮންމެހެން ޑޮކްޓަރަށް ދައްކަން ޖެހޭ ފަރާތްތަކަށް އުސޫލުތަކުގެ އެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޯޕީޑީގެ ހިދުމަތް މެދުކަނޑާލި ނަމަވެސް ތެލެކޮންސަލްޓޭޝަންގެ ހިދުމަތް ކުރިއަށްދާނެ ކަމަށެވެ.

އަހުމަދު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ ފަރާތްތަކުން ފަރުވާ ދިނުމަށް ފޮނުވާލަން ހަމަޖެހިފައިވަނީ ށ ފުނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ކަމަށެވެ.

އެ ފެސިލިޓީއަށް ބޭނުންވާ ހުރިހާ ވަސީލަތެއް ފުރިހަމަކޮށްފައިވާ ކަމަށާއި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެކަން ކުރިއަށްދާނެ ކަމަށެވެ.

މީގެ ކުރިންވެސް ކޭއާރުއެޗުގެ އޯޕީޑީގެ ހިދުމަތް މެދުކަނޑާލި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293