twitterviber whatsapp telegramfacebookyoutube instagram
19th April 2025

ސަލާމުގެ އިތުރުން ޕީރިއަޑްވުމުން އެއް ދުވަސް ޗުއްޓީއެއް ދެނީ

ޚަދީޖާ އާދަމް
Aug 30, 2020
1

ގާނޫނުން މިހާރު ވެސް ލިބިދޭ ސަލާމުގެ ޗުއްޓީގެ އިތުރަށް އަންހެން މުވައްޒަފުންނަށް، ޕީރިއަޑްވުމުން ކޮންމެ މަހަކު އެއް ދުވަހުގެ ޗުއްޓީއެއް ދޭން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

އިސްލާހުގައިވަނީ ސަލާމުގެ ޗުއްޓީގެ އިތުރުން ކޮންމެ މަހަކު މުސާރަ ލިބޭ ގޮތަށް އެއް ދުވަހުގެ ޗުއްޓީއެއް ދޭން ވާނެ ކަމަށެވެ. އެ ޗުއްޓީ ހައްގުކަން ސާބިތުކޮށްދޭން އެއްވެސް ލިއުމެއް މުވައްޒަފު ހުށަހަޅަން ނުޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް، ގާނޫނުގައި ހިމަނުއްވަން ހުށަހެޅުއްވި އިސްލާހެކެވެ. އެ އިސްލާހު ހުށަހެޅުއްވީ ޕީރިއަޑް ދުވަސްވަރު އަންހެން މުވައްޒަފުން މަސައްކަތަށް ނުކުމެ އުފުލަން ޖެހޭ ތަކުލީފުތަކަށް ގާނޫނީ ގޮތުން ލުޔެއް ހޯދައިދިނުމެވެ.

އަދި މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބަލައިގަނެ އަމަލުކުރަމުން އަންނަ އުސޫލެއް ކަން އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ދެން ހުށަހެޅުއްވީ ކޮންމެ މަހަކު އެ ޗުއްޓީ ނުނަގާ މުވައްޒަފުންނަށް އަސާސީ މުސާރަ އިން އެއް ދުވަހަށް ޖެހޭ މިންވަރު އިތުރަށް ދިނުމެވެ.

މީގެއިތުރުން ވެސް ވަޒީފާއާ ބެހޭ ގާނޫނަށް ގިނަ އިސްލާހުތަކެއް ވަނީ ހުށަހަޅައިފަ އެވެ. އެ އިސްލާހުތައް މަޖިލީހުގެ ކޮމިޓީތަކުން މިހާރު ވަނީ ދިރާސާކޮށް ނިންމައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355