twitterviber whatsapp telegramfacebookyoutube instagram
16th September 2026

މަސައްކަތްކުރާ ތަނުގައި އުޅޭ ދިވެހިންގެ އަދަދު 60 ޕަސެންޓް ހަދަން ހުށައަޅައިފި

ޚަދީޖާ އާދަމް
Aug 31, 2020

ރިސޯޓުތަކާއި ސަފާރީތަކުގެ އިތުރުން 10 މުވައްޒަފުންނަށްވުރެ ގިނައިން މަސައްކަތް ކުރާ ތަންތަނުގެ 60 ޕަސެންޓު މުވައްޒަފުންނަކީ ދިވެހީންގެ ގޮތުގައި ލާޒިމުކުރުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސައިން އިސްލާހެއް ހުށަހަޅައިފި އެވެ.

އެ އިސްލާހުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައެޅުމަށްޓަކައި އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރައިގެ އަދަދާ ގުޅޭގޮތުން މިނިސްޓަރަށް ލަފާ ދޭންވާނެ ކަމަށެވެ.

އެގޮތުން ދިވެހި ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް މުސާރައިގެ ގޮތުގައި އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރަ، ގާނޫނުގައިވާ ގޮތުގެ މަތީން މިނިސްޓަރު ކަނޑައަޅުއްވަން ޖެހޭނެ އެވެ. އެ ލަފާގައި ސިނާއަތްތަކަށް ވަކީން މިނިމަމް ވޭޖް ކަނޑައަޅާނަމަ އެކަން ތަފްސީލުކުރަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އަލީ ހުސައިން ހުށަހެޅި އިސްލާހުގައި އިތުރަށް ބުނެފައިވަނީ ވަޒީފާގެ އެއްބަސްވުމެއް ވަޒީފާ އަދާކުރާ ފަރާތުގެ ރުހުމުގައި ނޫނީ ބަދަލުކޮށްގެން ނުވާނެ ކަމަށެވެ.

އެގޮތުން އެކަންތައްތައް ވަޒީފާގެ ގާނޫނުގައި ހިމަނައި ގާނޫނަށް އިސްލާހު ގެނެސް އެ ގާނޫނަށް އަމަލު ކުރަން ފަށާތާ ދެ އަހަރުގެ ތެރޭގައި އަމަލުކުރަން ވާނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293