twitterviber whatsapp telegramfacebookyoutube instagram
1st November 2026

ޑރ މައުސޫމް އަލުން ވަޒީރު ކަމަށް އައްޔަށްކޮށް ހުވާ ކުރައްވައިފި

ޚަދީޖާ އާދަމް
Aug 31, 2020
1

ޑރ. އަބްދުﷲ މައުސޫމް ޓޫރިޒަމް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި އިރު ކުންފުންޏެއްގެ މަގާމެއްގައި ހުންނެވުމުން އުފެދުނު ސުވާލުތަކާ ހެދި އޭނާ އިއްޔެ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމުން އަލުން އެ މަގާމަށް އައްޔަންކުރައްވައިފި އެވެ.

މައުސޫމް މަގާމުން އިއްޔެ އިސްތިއުފާ ދެއްވުމާ އެކު އަލުން ވަޒީފާ ދެއްވައި ރައީސް އޮފީހުން ވަނީ އޭނާ އަށް ލިއުން ދެއްވައިފަ އެވެ. އަދި މަގާމުގެ ހުވާ ވެސް ވަނީ އަލުން ކުރައްވައިފަ އެވެ.

މައުސޫމް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ ޓޫރިޒަމް މިނިސްޓަރުކަމުގެ ހުވާ ކުރެއްވި އިރު، ވިޔަފާރި ކުންފުންޏަކުން ވަކި ނުވެ ހުންނެވި މައްސަލަ ބޮޑުވުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ނިންމީ އޭނާ އަލުން ހުވާކުރަން ލަފާ ދެއްވާށެވެ.

މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާ ކުރި އިރު އެނގިފައިވާ ގޮތުގައި އޭނާ ބައިވެރިވެވަޑައިގެން އުޅުއްވި ވިޔަފާރިއަކުން ވަކިވެވަޑައިގެންނެވީ މިނިސްޓަރުކަމުގެ ހުވާ ކުރެއްވި ފަހުންނެވެ.

ޖުމްހޫރީ ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި ކެލާ ދާއިރާގެ ކުރީގެ މެމްބަރު މައުސޫމް މިނިސްޓަރުކަމަށް ހަމަޖައްސަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭނާ އަށް ފަތްކޮޅު ދެއްވީ މިދިޔަ މަހުގެ ހަ ވަނަ ދުވަހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293