ސިވިލް ސަރވިސް ކޮމިޝަނަށް 4 ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
އެގޮތުން ރުހުން ދީފައިވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހް، ފާތުމަތު ޝަރީފު، މިނިސްތްރީގެ ޑިރެކްޓަރ ޖެނެރެލަގް މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު އަދި ލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުޝަތެވެ.
އެޗްއާރުސީއެމްއަށް ކުރިމަތި ލެއްވި 41 ބޭފުޅުންގެ ތެރެއިން ކޮމިޓީން ޝޯޓް ލިސްޓް ކޮށްފައިވަނީ 13 ބޭފުޅެކެވެ. އެމްޑީޕީން ވަނީ މި 13 ބޭފުޅުންގެ ތެރެއިން 4 ބޭފުޅަކަށް ވޯޓުދިނުމަށް ވިޕްލައިން ނެރެފައެވެ.
އެގޮތުން މުހައްމަދު ނާސިހަށް ރުހުން ދޭން ފެންނަށް ކަމަށް 67 މެންބަރުން ވޯޓި ދެއްވި އިރު ފާތުމަތު ރަޝީދަށް ރުހުން ދޭން ފެންނަ ކަމަށް 66 މެންބަރުން ވޯޓު ދެއްވި އެވެ. އިބްރާހިމް ރަޝީދު އަދި މުހައްމަދު ފަރުޝަތަށް ރުހުން ދޭން ފެންނަށް ކަމަށް ވޯޓު ދީފައިވަނީ 65 މެންބަރުންނެވެ.
މި ބޭފުޅުންނަށް ރުހުން ދިނުމާއެކު މިވަގުތު ސީއެސްސީގެ މެމްބަރުންގެ ޢަދަދުވަނީ ހަމަވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ސިވިލް ސަރވިސް ކޮމިޝަނުގެ 4 މެމްބަރަކު ވަކިކުރުމަށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުމާ ގުޅިގެން ތަޅުމުގައި ވޯޓަށް އަހަން އެޖެންޑާ ކޮށްފައިވަނިކޮށް ކޮމިޝަނުގެ ރައީސް ޑރ އަލީ ޝަމީމާއި، ނައިބް ރައީސް ޝަހީދު މުހައްމަދުގެ އިތުރުން މެމްބަރު ޒަކަރިއްޔާ ހުސައިންވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މަގާމުން ވަކިކޮށްފައިވަނީ ކޮމިޝަންގެ މެމްބަރު އިބްރާހީމް ޝަހީޤެވެ.
5 މެންބަރުން ހިމެނޭ ސީއެސްސީގައި މިހާރު އިންނަވަނީ ކޮމިޝަނަށް އެންމެ ފަހުން އައްޔަން ކުރެއްވި ފާތިމަތު އާމިރާ އެކަންޏެވެ.