twitterviber whatsapp telegramfacebookyoutube instagram
26th April 2024

އެމަޒޯންގެ އޯޑަރުތައް ޑެލިވަރީކުރުމަށް ޑްރޯން ބޭނުން ކުރަނީ

ޚަދީޖާ އާދަމް
Sep 2, 2020

އެމަޒޯންގެ ޑެލިވަރީތަކަށް ޑްރޯން ބޭނުން ކުރުމުގެ ހުއްދަ ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ)އިން ދީފި އެވެ. އެފްއޭއޭއިން އެމަޒޯންގެ ޕްރައިމް އެއާރ ޑްރޯން ބޭނުން ކުރުމުގެ ހުއްދަ އެ ކުންފުންޏަށް ދީފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެހެން ނަމަވެސް ޑެލިވަރީތަކަށް ޑްރޯން ބޭނުން ކުރަން ފަށާނެ ސީދާ ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ.

ހުއްދަ ދިނުމުގެ ކުރިން އެފްއޭއޭއިން ވަނީ އެމަޒޯންއިން ބޭނުން ކުރާ ޑްރޯންގެ ރައްކާތެރިކަމުގެ އުސޫލުތައް ބަލާފައެވެ. އެފްއޭއޭގެ ހުއްދައާއެކު މިހާރު އެމަޒޯންއަށް ޑްރޯންތައް ޓެސްޓުކުރުމުގެ ހުއްދަ ލިބިފައިވާއިރު މި ޑްރޯންތަކުގެ އެހީގައި ކުދިކުދި ޕެކޭޖުތައް އޯޑަރުކުރާ ވަގުތުން ފެށިގެން ގާތްގަނޑަކަށް 30 މިނެޓް ތެރޭގައި ޑެލިވަރީކުރެވޭނެ އެވެ.

އެމަޒޯންއަކީ ޑްރޯން ބޭނުން ކޮށްގެން ޑެލިވަރީ ކުރުމުގެ ހުއްދަ ލިބުނު 3 ވަނަ ކުންފުންޏެވެ. މިހާރު އެ ހުއްދަ އޮންނަނީ އަލްފަބެޓް ވިންގް އަދި ޔޫޕީއެސް ފްލައިޓް ފޯވާރޑް މި ދެ ކުންފުނި އަތުގައެވެ.

އެމަޒޯންގެ ނައިބު ރައީސް ޑޭވިޑް ކާރބޮން ބުނީ އެމީހުން މަގުސަދަކީ ދުނިޔޭގެ އެކި ހިސާބުތަކަށް ޑްރޯން ބޭނުންކޮށްގެން 30 މިނެޓުގެ ތެރޭގައި ޑެލިވަރީ ކުރުން ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޑެލިވަރީތަކަށް އިތުރު ޑްރޯންތައް އުފެއްދުމުގެ މަސައްކަތް ކުރާނެކަމަށްވެސް ޑޭވިޑް ބުނެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355