twitterviber whatsapp telegramfacebookyoutube instagram
18th April 2024

ތަހުގީގުގެ ބޮޑުބައި ނިމި އަލީ ވަހީދުގެ މައްސަލަ ޕީޖީއަށް ފޮނުވަނީ

ޚަދީޖާ އާދަމް
Sep 1, 2020

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މަގާމުން ވަކިކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައިގެ ތަހުގީގުގެމައްޗަށް ދައުވާ ކޮށްދިނުމަށް އެދި ވަރަށް އަވަހަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިދިޔަ ޖުލައި މަހު ނުވަ ވަނަ ދުވަހު އަލީ ވަަހީދު ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކުރީ، މިނިސްޓްރީގެ މުވައްޒަފުންތަކެއް އޭނާގެ މައްޗަށް ޖިންސީ ގޯނާ އާއި ފުރައްސާރައިގެ ތުހުމަތުތަކެއްކޮށް، އެކަން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ސަމާލުކަމަށް ގެނައުމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އަލީ ވަހީދުގެ މައްސަލައިގެ ތަހުގީގުގެ ބޮޑު ބައި ނިންމާފައިވާ ކަމަށާއި މިހާރު ކުރިއަށް ގެންދަނީ ޕީޖީ އަށް ފޮނުވުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ނިންމުން ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް އަލީ ވަހީދު ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލަ ފެންމަތިވުމާއެކު ވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވި ނަމަވެސް އިސްތިއުފާ ނުދެއްވުމުން ރައީސް ވަނީ މިދިޔަ ޖުލައި 9 ވަނަ ދުވަހު އޭނާ މަގާމުން ވަކިކުރައްވައިފަ އެވެ.

އަލީ ވަހީދު ވަނީ ވަޒީރުކަމުން އިސްތިއުފާ ނުދެއްވީ އެ ތުހުމަތުތައް ގަބޫލު ނުކުރައްވާތީ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އަދި މިއީ މިއީ ރޭވިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށްވެސް ވިދާޅުވި އެވެ.

އެ ތުހުމަތުތަކާ ގުޅިގެން އަލީ ވަހީދުގެ މޮބައިލް ފޯނާއި ލެޕްޓޮޕް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އަދި އޭނާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355