twitterviber whatsapp telegramfacebookyoutube instagram
8th November 2026

ހަނިމާދޫ މަގުހެދުމުގެ މަޝްރޫއުގެ 65 ޕަސެންޓް މަސައްކަތް ނިންމާލައިފި

ޚަދީޖާ އާދަމް
Sep 3, 2020
1

ހދ ހަނިމާދޫ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫއުގެ 65 ޕަސެންޓުގެ މަސައްކަތް ނިމިފައިވާ ކަމަށް މި މަސައްކަތް ކުރިއަށް ގެންދާ އެމްޓީސީސީން ބުނެފިއެވެ.

އެގޮތުން ފައިމަގުގައި ހިނގާނެ ސަރަހައްދު ހެދުމުގެ 80 ޕަސެންޓު ނިމިފައިވާއިރު މިހާރު ފެންހިންދާ ނިޒާމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މި ޕްރޮޖެކްޓް ތެރޭގައި އުޅަނދު ދުއްވުމަށް މަގުގެ 38،916 އަކަ މީޓަރ ސަރަހައްދެއް ގައި ތާރުއަޅާ އަދި 16،518 އަކަ މީޓަރ ޕޭވްމަންޓް ނިމިގެން ދާނެ ކަމަށެވެ. އަދި މަގު ބަތްތި ދިއްލުމަށް ބޭނުންވާ ނަރު އެޅުމާއި މީގެ އިތުރުން، މަގުބައްތި ހަރުކުރުމާއި، 19،679 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޓްރެފިކް ނިޝާންތައް ކުރެހުމާއި، ޓްރެފިކް ނިޝާން ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫގެ 18 މަގެއްގައި ތާރުއަޅައިގެން ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީ އަށް މި ޕްރޮޖެކްޓު ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މިއީ 46.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293